އިބްރާހިމް ހަމީދު
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ކުޅުދުއްފުށީ އޯޒޯން، ހަސީބު އަލީ އަށް އެހީތެރިވުމަށް ހާއްސަކޮށްގެން ބޭއްވުނު ހިރަފުސް ކަޕް ފުޓްސެލް މުބާރާތް، ހަސީބްގެ އާއިލާއަށް ފަނަރަ ހާހެއްހައި ރުފިޔާ ހަދިޔާ ކުރުމަށްފަހު ނިންމާލައިފިއެވެ.
އިއްޔެ އޮތް ފައިނަލް މެޗަށްފަހު މުބާރާތުގެ ތެރޭގައި ބެހެއްޓުނު ފަންޑު ފޮށްޓަށް ލިބިފައިވާ 15285/06 ރުފިޔާ ހަސީބުގެ އާއިލާއާއި ހަވާލުކޮށްދެއްވީ ހިރަފުސް ދަނޑުގެ ފަރާތުން އަބްދުއްރަޝީދު ސައީދުއާއި މުހައްމަދު ހަސަނެވެ. އާއިލާގެ ފަރާތުން ހަވާލުވީ ހަސީބުގެ ބޭބެ އަހުމީމް އަލީއެވެ،
އިއްޔެ ހަވީރު ހިރަފުސް ދަނޑުގައި އޮތް މުބާރާތުގެ ފައިނަލް މެޗް އެކްސްޓްރީމަރ އާއި ބްލޭޑްޓީސީ ބައްދަލުކުރި މެޗް އެކްސްޓްރީމަރ ކާމިޔާބުކުރީ 04 ލަނޑު 02 ލަނޑުންނެވެ. ފައިނަލް މެޗްގައި މޮޅުކުޅުންތެރިއަކަށް ހޮވުނީ އެކްސްޓްރީމާ ޓީމްގެ ޖޯޒީ ނަމްބަރ 17 އަޝްރަފް މުހައްމަދެވެ. މުބާރާތުގެ އެންމެ ގިނަގޯލްޖެހި 02 ކުޅުންތެރިއަކަށް ހޮވުނީ އިލޫޝަންޓީމްގެ ޖޯޒީނަމްބަރު 11 އަހްމަދު އިސްމާއީލްއާއި ގޮސިޕްޓީމްގެ ޖޯޒީނަމްބަރ 10 އާދަމް މުހައްމަދެވެ.
މުބާރާތު އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެކްސްޓްރީމަރ ޖޯޒީ ނަމްބަރ 07 އަސްލަމް މުހައްމަދު، އިލޫޝަން ޓީމްގެ ޖޯޒީނަމްބަރ 07 އިބްރާހިމް ހަސަން، އެކްސްޓްރީމަރ ޓީމްގެ ޖޯޒީ ނަމްބަރ 09 އަލީ ޒިޔާދު، ގޮސިޕް ޓީމްގެ ޖޯޒީ ނަމްބަރ 10 އާދަމް މުހައްމަދު އަދި އެކްސްޓްރީމަރ ޓީމްގެ ޖޯޒީ ނަމްބަރ 03 އަމްޖަދު މޫސާއެވެ. މުބާރާތުގެ ފެއާރ ޕްލޭޓީމަކީ އިލޫޝަން އަދި ރަނަރަޕް ޓީމަކަށް ހޮވުނީ ބުލޭޑް ޓީސީ އެވެ.
މިއީ ހިރަފުސް ކަޕް ބާއްވަމުން އަންނަތާ 4 ވަނަ އަހަރެވެ. ނަމަވެސް މިފަދަ ކަމަކަށް ހާއްސަ ކުރެވިގެން މިމުބާރާތް ބޭއްވި މިއީ ފުރަތަމަ ފަހަރެއެވެ. މިފަދަ މުބާރާތެއް ހަސީބު އަލީއަށް އެހީވުމަށް ހާއްސަ ކުރެވިގެން ބާއްވައިދީފައިވާތީ ހިރަފުސް ދަނޑުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާއިލާގެ ފަރާތުން ވަނީ ޝުކުރު އަރާކޮށްފައެވެ.