twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހާއްސަ ހަފްލާއަކާއެކު ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ގުރުއަތުލުން ބާއްވައިފި

Oct 7, 2011

.

– މުބާރާތް ހުޅުވައިދޭނީ ދިރާގު އަދި މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެޗުން.

ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ޒިގްޒެގް އިން ބާއްވަން ފަށާފައިވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ މިއަހަރުގެ މުބާރާތުގެ ގުރުއަތުލުން ހާއްސަ ހަފްލާއަކާއެކު ރޭ ބާއްވައިފިއެވެ.

މިކަމަށްޓަކައި ރޭ ޖަލާލުއްދީން ސްކޫލުގައި ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝުކޫރެވެ. ރޭގެ ހަފްލާގައި ޝަރަފްވެރި މެހެމާން ވަނީ މުބާރާތުގެ ޓްރޮފީ އިފްތިތާހުކޮށް ދެއްވާފައެވެ. އަދި މުބާރާތުގައި ބޭނުންކުރެވޭ ބޯޅަވެސް ރޭގެ ހަފްލާގައި ތައާރަފް ކުރުން އޮތެވެ. މުބާރާތުގެ ބޯޅަ ތައާރަފް ކޮށްދެއްވީ ސަބްއިންސްޕެކްޓަރ އޮފް ފޮލިސް ނަބީލްއެވެ.

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި މިއަހަރު 15 ޓީމު ބައިވެރިވެފައި ވާއިރު އެޓީމުތައް ވަނީ 4 ގުރޫޕަކަށް ބަހާލާފައެވެ. ގުރުއަތު ނަންގަވައިދެއްވީ ކުޅުދުއްފުށީގެ ހަތަރު މުއައްސަސާއެއްގެ ވެރިންނެވެ. މިމުބާރާތުގެ ގުރޫޕް އެކެއްގައި ހިމެނެނީ ދިރާގު، މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން، ރަށު ކައުންސިލް، އަދި ޕޮލިހެވެ.

ގްރޫޕް ދެއެއްގައި ހިމެނިފައިވަނީ ފަޔަރ، ޖަލާލުއްދީން ސްކޫލް، އެސްޓީއޯ، އަދި ގައުމީ އިދާރާއެވެ. ތިންވަނަ ގުރޫޕުގައި ހިމެނެނީ ޔޫޓިލިޓީސް، ތައުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް އަދި އެމްޑަބްލިއުއެސްސީއެވެ. ގްރޫޕް ހަތަރެއްގައި ހިމެނިފައިވަނީ ކަސްޓަމްސް، ކުޅުދުއްފުށީ ޕޯޓް އަދި ހޮސްޕިޓަލްއެވެ.

ގުރޫޕް ހަތަރެއް ފިޔަވާ ކޮންމެ ގުރޫޕެއްގައިވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ލީގު އުސޫލުން އެއް މެޗުކުޅެ ދެވަނަ ބުރަށް ހޮވޭނީ އެންމެ މޮޅު ދެ ޓީމެވެ. އަދި ގްރޫޕް ހަތަރެއްގައި ހިމެނޭ ތިންޓީމު ލީގު އުސޫލުން ދެ ބުރު ކުޅޭނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗު ގައި މިމަހުގެ 9 ވަނަ (އާދީއްތަ) ދުވަހުގެ ރޭ ބައްދަލު ކުރާނީ ދިރާގާއި މޯލްޑިވްސް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންއެވެ. އެރޭ ކުޅެވޭ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ފަޔަރ އަދި ޖަލާލުއްދީން ސްކޫލެވެ. ފުރަތަމަ މެޗު ފެށޭނީ 20:30 ގައެވެ.

ރޭގެ ހަފްލާގައި ވަނީ ޒިގްޒެގް ގެ ފަރާތުން މުބާރާތުގެ ތައާރަފެއް ގެނެސްދީފައެވެ. އަދި މުބާރާތުގެ މުހިއްމު ބައެއް ގަވައިދުތައްވެސް ހަފްލާގައި ކިޔާދީފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355