twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ދިރާގުން ޓަޗްނެޓްގެ އިތުރު ޕެކޭޖްތަކެއް ތަޢާރަފް ކޮށްފި

Oct 30, 2011

ދިރާގުގެ މޯބައިލް މޮޑެމްއެއް ބޭނުންކޮށްގެން ދޭ އިންޓަނެޓްގެ ޚިދުމަތް ނުވަތަ ޓަޗްނެޓްގެ އިތުރު ޕްރީޕެއިޑް ޕެކޭޖްތަކެއް ތަޢާރަފް ކޮށްފިއެވެ.

ދިރާގު ކަސްޓަމަރުންނަށް ކުރިން ފޯރުކޮށްދެމުން ދިޔަ ތިން ޕެކޭޖުގެ އިތުރުން، އިތުރު ތިން ޕެކޭޖެއް މިފަހަރު ދިރާގުން ވަނީ ތަޢާރަފް ކޮށްފައެވެ. އެއީ ރާއްޖޭގައި މިހާތަނަށް ތައާރަފް ކުރެވުނު އެންމެ އަގުހެޔޮ ޕްރީޕެއިޑް ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖް ކަމުގައިވާ 50 އެމްބީ އެލަވަންސް ލިބޭ 30 ރުފިޔާގެ ޕެކޭޖާއި، 200 އެމްބީ އެލަވަންސް ލިބޭ 50 ރުފިޔާގެ ޕެކޭޖާއި، އަދި 3 ޖީބީ އެލަވަންސް ލިބޭ 300 ރުފިޔާގެ ޕެކޭޖެވެ.

މިއިން ކޮންމެ ޕެކޭޖަކަށް އަދި ކުރިން ހުރި ކޮންމެ ޕެކޭޖަކަށްވެސް މަދުވެގެން 8 ރުފިޔާ އިން ފެށިގެން ރިލޯޑް ކުރެވޭނެއެވެ. އަދި ޔޫސޭޖް ރޭޓެއްގެ ގޮތުގައި ޗާޖް ކުރެވެނީ އެމްބީ އަކަށް 90 ލާރިއެވެ.

ދިވެހިރާއްޖޭގެ އެންމެ މަގުބޫލު މޮބައިލް ބްރޯޑްބޭންޑަކީ ދިރާގުގެ ޓަޗްނެޓް ޕްރީޕެއިޑް ކަމަށް ދިރާގުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355