twitterviber whatsapp telegramfacebookyoutube instagram
16th October 2025

މޯބައިލް ފޯނުން ޔޫރޯ ބެލޭ ޚިދުމަތެއް ދިރާގުން ތަޢާރަފްކޮށްފި

Jun 11, 2012

މިހާރު ކުރިއަށްދާ ޔޫރޯ 2012 ގެ މެޗުތައް މޯބައިލް ފޯނުން ސްޓްރީމްކޮށްގެން ބެލޭ ޚިދުމަތެއް ދިރާގުން ތަޢާރަފް ކޮށްފިއެވެ.

ޔުރޯ 2012 އާދިމާކޮށް ދިރާގުން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ ތެރެއިން މިފެށި ޚިދުމަތުގައި ކޮންމެތަނެއްގައި ހުރެގެން ވެސް ޔޫރޯގެ މެޗުތައް ބަލާލެވޭނެއެވެ. މިޚިދުމަތައް އެޕްލައި ކުރުމުގެ ކުރިން ބޭނުންކުރާ މޯބައިލް ފޯނަކީ މިހިދުމަތް ހޯދުމަށް އެކަށޭނެ ފޯނެއްތޯ ޗެކް ކުރުމަށް * 123 * 7 * 1 # ފޯނުގެ ކީޕޭޑްގައި ޖެހުމުން އެސްއެމްއެސް އަކުން ޓެސްޓް ލިންކެއް ފޮނުވާލައެވެ.

ޔޫރޯގެ މެޗުތައް ބެލުމަށް ދިރާގުން ދެ ޕެކޭޖެއް ވަނީ ތަޢާރަފް ކޮށްފައެވެ. މުޅި މުބާރާތުގެ ހުރިހާ މެޗެއް ބެލުމަށް * 123 * 7 * 2 * 1 # ޑައިލް ކުރުމުން ސަބްސްކްރައިބް ކުރެވޭނެއެވެ. ކޮންމެ މެޗަކަށް ވަކިން އެޕްލައި ކުރަށްވަން ބޭނުންނަމަ ޑައިލް ކުރަންޖެހެނީ * 123 * 7 * 2 * 2 # އެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއް ބެލުމަށް އެޕްލައި ކުރާނަމަ ފީ އަކީ 80 ރުފިޔާ އެވެ. ކޮންމެ މެޗަކަށް ވަކިން އެދިލައްވާނަމަ ކޮންމެ މެޗަކަށް 15 ރުފިޔާގެ ފީއެއް ނަގާނެއެވެ.

ދިރާގުން މަޢުލޫމާތު ދެއްވިގޮތުގައި ޔޫރޯ ސްޓްރީމް ކުރުމުގެ ޚިދުމަތަށް ނަގާނީ ހަމައެކަނި ސްބްސްކްރިޕްޝަން ފީ އެވެ. އަދި މޯބައިލްގެ ޑޭޓާ ޕެކޭޖުން އެއްވެސް ޗާޖެއް ނުހިނގާނެއެވެ. މޯބައިލް ފޯނުގެ އިތުރުން ޓަޗްނެޓް ބޭނުންކުރާ ފަރާތްތަކަށް ވެސް މިޚިދުމަތަށް އެޕްލައި ކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355