twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުރީގެ ރަސްމީ ދަނޑުގައި ފަސްގަނޑުޖަހާ ވިނަ އިންދުމުގެ މަސައްކަތް ފަށައިފި

Jul 1, 2012

ކުޅުދުއްފުށީގައި ކުރިން ރަސްމީ ދަނޑުގެ ގޮތުގައި ބޭނުން ކުރަމުން އައި “ބޮޑު ދަނޑު” ގައި ފަސްގަނޑުޖަހައި ވިނަ އިންދުމުގެ މަސައްކަތް ފަށައިފި އެވެ.

ބޮޑު ދަނޑުގެ ފަސްގަނޑު ލެވެލް ކޮށް ވިނަ އިންދުމުގެ މަސައްކަތް ފަށާފައިވަނީ ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޮރ ޔޫތް ލިންކޭޖުގެ ފަރާތުންނެވެ.

ޒިގްޒެގް ޖަމިއްޔާގެ ރައީސް އިބްރާހީމް އާސިފް ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެޖަމިއްޔާގެ ފަރާތުން ކުރީގެ ރަސްމީ ދަނޑު އެއްވަރުކޮށް ފަސްގަނޑުޖަހައި ވިނަ އިންދުމުގެ މަސައްކަތް ފަށާފައިވަނީ ރަށު ކައުންސިލުގެ އެހީތެރިކަމާއެކު ކަމަށެވެ. އެގޮތުން ފަސްގަނޑުޖަހަން ބޭނުންކުރި ވެހިކަލް ދީފައިވަނީ ކައުންސިލުން ކަމަށާއި އެމަސައްކަތުގައި ހަރަކާތްތެރިވަނީ އެޖަމިއްޔާގެ މެމްބަރުން ކަމަށެވެ.

ޒޯން ސްޓޭޑިއަމްގެ ދަނޑު ރަސްމީ ދަނޑުގެ ގޮތުގައި ބޭނުން ކުރުމުގެ ކުރިން ރަސްމީ ހުރިހާ މުބާރާތެއް ބާއްވާފައިވާ މިދަނޑުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ދަނޑު “ރީތި” ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެ ދަނޑު ތަރައްގީ ކުރުމަށް އެޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކަމަށް ޒިގްޒެގުން މައުލޫމާތު ދެއެވެ. އަދި، ދަނޑުގެ މަސައްކަތްތަކަށް ކުޅުދުއްފުށީ ކައުންސިލުން ދެމުން ގެންދާ އެއްބާރުލުން ޒިގްޒެގުން ވަރަށް ބޮޑަށް ފާހަގަކޮށްފައި ވެއެވެ.

(ނޯޓް: މި ހަބަރު ޝާއިއުކުރި ފަހުން އިސްލާހުތަކެއް ގެނެސްފައިވާނެ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355