twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރަމަޟާން ދީނީ ސުވާލު މުބާރާތް (ސުވާލު 2)

Jul 21, 2012

.

ދުވަހުގެ ނަސޭޙަތް: އިސްރާފު ކުރުމުން ދުރުހެލިވާށެވެ.

އިސްރާފު ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަޙީ ކުރައްވާފައިވާ ކަމެކެވެ. ބަހުން ވިޔަސް ޢަމަލުން ވިޔަސް އަދި މުދަލުން ވިޔަސް އިސްރާފު ކުރުމެއް ނެތެވެ. އެކި ކަންކަމުގައި އިސްރާފު ކުރުމުގެ ޙުކުމް ތަފާތުވި ކަމުގައި ވިޔަސް ކޮންމެ ކަމެއްގައިވެސް އިސްރާފުކުރުން ވަނީ މަކުރޫހަ ކަމެއް ކަމުގައެވެ.

ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެން ހަނދާން ކުރަންވީ، ކާބޯތަކެތިން އިސްރާފު ނުކުރުމަށެވެ. ދިވެހިންގެ ތެރޭގައި ރަމަޟާން މަހު ކާބޯތަކެތި އިސްރާފު ކުރުމުގެ ކަންކަން އޮތީ އެންމެ ރަނގަޅު ދަރަޖައެއްގަ އެއް ނޫނެވެ. ރޯދަ ވީއްލާ ވަގުތަށާއި ތަރާވީސް ދަމަށާއި ހާރުކެއުމަށް ފުދޭ މިންވަރަށް ވުރެ އިތުރަށް ކާބޯތަކެތި ތައްޔާރުކުރެއެވެ. އަދި، ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވި އުކާލަންޖެހޭތަން އާދެއެވެ. ބަރަކާތްތެރި މައްސަރެއްގައި ކާބޯތަކެތިން އިސްރާފުކުރުން އިތުރުވުމަކީ ވިސްނާލަންޖެހޭ މުހިއްމު ކަމެކެވެ.

ބަރަކާތްތެރި ރަމަޟާންމަހު ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް، ހެޔޮ ކަންތައްތައް ކުރުން ގިނަ ކުރުމަކީ، މި މަތިވެރި މަހުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ކުރަންޖެހޭނެ ކަމެކެވެ. ކާބޯތަކެތި، ތިމާ އަށާ ތިމާގެ އާއިލާ އަށް ފުދޭވަރަށް ވުރެ އިތުރަށް ތައްޔާރު ކޮށް އިސްރާފު ވެގެންދާ އެއްޗަކަށް ހެދުމުގެ ބަދަލުގައި އަވަށްޓެރިންނަށާއި ނިކަމެތިންނަށް އެތަކެތި ހަދިޔާ ކުރާށެވެ. ނިކަމެތި ފަގީރުންނަށް ޞަދަޤާތް ކުރުން އިތުރުކުރުމަކީ ވެސް މުހިއްމު ކަމެކެވެ.

ރަމަޟާން ދީނީ ސުވާލު މުބާރާތް – ސުވާލު 2

ކޭތަ ނަމާދުގައި އޮންނަނީ ކިތައް ރަކުޢަތް؟

ޖަވާބު އެސްއެމްއެސް ކުރައްވާނެ ގޮތް

KO(space)Q2(answer)  send to  3555

ރަމަޟާން މަހު ގެނެސްދޭ 30 ސުވާލުގެ ޖަވާބު ފޮނުވުމަށް ކަނޑައަޅާފައިވާ އެންމެ ފަހުގެ ތާރީހަކީ ޝައްވާލް މަހުގެ 2 ވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355