ރަމަޟާން ދީނީ ސުވާލު މުބާރާތް – ހުރިހާ ސުވާލެއް
1- ނަމާދު ކުރާ މީހާގެ އައުރަ ނިވާ ކުރުމަކީ ނަމާދު ޞައްހަ ވުމުގެ ޝަރުތެއްތަ؟
2- ކޭތަ ނަމާދުގައި އޮންނަނީ ކިތައް ރަކުޢަތް؟
3- ކީރީތި ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް ހިމެނިފައި ވަނީ ކޮން ސޫރަތެއްގައި؟
4- ޠަވާފު ކުރާއިރު ޙިޖުރު އިސްމާޢީލްގެ ތެރެއިން ލާފައި ޠަވާފުކޮށްފިނަމަ އެ ޠަވާފު ޞައްޙަވާނެތަ؟
5- އުޙުދު ހަނގުރާމަ ހިނގީ ހިޖުރައިން ކިތައް ވަނަ އަހަރު؟
6- އާޝޫރާ ދުވަހަކީ ކޮން މަހެއްގެ ކޮން ދުވަހެއް؟
7- ހުރުމަތްތެރި ވެގެންވާ މަސްތަކަކީ ކޮބާ؟
8- ޤުރުއާނުގައި ވާ އެންމެ ކުރު ސޫރަތަކީ ކޮބާ؟
9- ކީރީތި ގުރުއާނުގައި ނަންގަނެވިފައިވަނީ ކިތައް ނަބީބޭކަލުންގެ ނަންފުޅު؟
10- صفا އާއި مروة އާ ދެމެދު سعى ކުރުމަކީ ޙައްޖުގެ ރުކުނެއްތަ؟
11- ނިޔަތް ގަތުމަކީ އަޅުކަންތައް ޞައްޙަ ވުމުގެ ޝަރުތެއް ހެއްޔެވެ؟
12- ހައިޟުވެރިޔާއަށް ޠަވާފުކުރުން ހުއްދަވާނެތަ؟
13- މުދަލުން ޒަކާތް ނެރެން ޖެހެނީ ކިތައްބައިކުޅަ ކިތައްބައި؟
14- މަޛްޔު ބޭރުވެއްޖެނަމަ ހިނައިގަންނަން ޖެހޭނެތަ؟
15- ބަދުރު ހަނގުރާމަ ހިނގީ ކޮން ދުވަހަކު؟
16- ބަލިވެ އިންނަ އަންހެނާގެ އިއްދައަކީ ކޮބާ؟
17- ޟުޙާ ނަމާދު ކުރަނީ ދުވާލުގެ ކޮން ވަގުތެއްގައި؟
18- ސުވަރުގޭގައި ރޯދަވެރިންނަށް ހާއްސަ ކުރެވިފައިވާ ދޮރުކޮޅަށް ކިޔަނީ ކޮންނަމެއް؟
19- އަޒާބެއްގެ ގޮތުގައި ގަދަފަދަ ފިނިވަޔެއް ފޮނުއްވާ ހަލާކުކުރެއްވީ ކޮންގައުމެއްގެ ބައެއް؟
20- ކަށުނަމާދުގައި ވަނީ ކިތައް ތަކްބީރު؟
21- ރޯދަ ފަރުޟުކުރެއްވުނީ ހިޖުރައިން ކިތައް ވަނަ އަހަރު؟
22- ޒަކާތުގެ ބެހެނިވެރިން ބެހިގެންވަނީ ކިތައް ބަޔަށް؟
23- މައްކާ ފަތަހަ ކުރެއްވީ ހިޖުރައިން ކިތައް ވަނަ އަހަރު؟
24- މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ ކޮބާ؟
25- ގަނެވިއްކުން ހުއްދަ އެއްޗެއް، ރަހުނުގެ ގޮތުގައި ބެހެއްޓުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްތަ؟
26- ގަޛްފުކުރުމަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއްތަ؟
27- ސުވަރުގެވަންތަ ވެރިންނަށް ސުވަރުގެއިން ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ކޮބާ؟
28- މަރުވެފައި ތިބޭ މީހުން މުއުޖިޒާތެއްގެ ގޮތުގައި، މާތް ﷲ ގެ ވާގިފުޅާއި އެކު ދިރުއްވުމުގެ ކުޅަދާނަކަން މާތް ﷲ ދެއްވީ ކޮން ނަބީބޭކަލަކަށް؟
29- އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ރާ ބުއިމުގެ ކުށް ހިމެނޭތަ؟
30- އަޤީޤާ ކަތިލަނީ ކޮންކަމަކާ ގުޅުވައިގެން؟
ޖަވާބު އެސްއެމްއެސް ކުރައްވާނެ ގޮތް
KO(space)Q(question number)(answer) send to 3555
ސުވާލުގެ ޖަވާބު ފޮނުވުމަށް ކަނޑައަޅާފައިވާ އެންމެ ފަހުގެ ތާރީހަކީ ޝައްވާލް މަހުގެ 2 ވަނަ ދުވަހެވެ.