twitterviber whatsapp telegramfacebookyoutube instagram
31st May 2026

ދިރާގް ރިޗާޖް އެންޑް ވިން ޕްރޮމޯޝަންގެ މިދިޔަ ހަފްތާގެ ނަސީބުވެރިއަކަށް ނޮޅިވަރަމް މީހެއް

Sep 19, 2012

.

ދިރާގް ރިޗާޖް އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހދ. ނޮޅިވަރަމް، ފާހި، އަލީ މާހިރު ހޮވިއްޖެ އެވެ.

ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގައި އިނާމް ހަވާލުކުރުމަށް އޮތް ހަފްލާގައި މާހިރަށް އިނާމް ހަވާލުކޮށްދެއްވީ ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަންް ސެންޓަރގެ މެނޭޖަރ އަލްފާޟިލް މުހައްމަދު ފާހިރެވެ. އިނާމެއްގެ ގޮތުގައި މާހިރަށް ލިބިފައިވަނީ ސެމްސަންގ އެސް ތްރީ ފޯނެކެވެ.

ދިރާގުން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަން ގައި ކޮންމެ ހަފްތާއަކު 30 ރުފިޔާގެ ރިލޯޑް ކޮށްގެން ސެމްސަންގް އެސް ތްރީ ފޯނެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން ކޮންމެ ހަފްތާއަކު ވެސް އެކިފަހަރު މަތިން ކަމުގައި ވިޔަސް، 30 ރުފިޔާ ހަމަ ވާވަރަށް ރިލޯޑް ކޮށްފިނަމަ މި ގުރުއަތަށް ނޮމިނޭޓް ވާނެއެވެ. އަދި ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ކޮންމެ ވެސް އެއްފަރާތަކަށް ސެމްސަން އެސް ތްރީ ފޯނެއް ލިބެއެވެ.

ކޮންމެ ހަފްތާއަކު ނަގާ ގުރުއަތުގެ އިތުރުން އޮގަސްޓް 22 އިން ފެށިގެން ނޮވެމްބަރު މަހުގެ 22 ދެމެދުގެ މުއްދަތުގައި 300ރ. ގެ ރީލޯޑް ކޮށްގެން ތިން ލައްކަ ރުފިޔާ ގެ ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ވެސް މިޕްރޮމޯޝަންގެ ތެރެއިން ދިރާގުން ވަނީ ހުޅުވާލައިފައެވެ.

މިއީ މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހދ. އަތޮޅުގެ ރައްޔިތެއް ހޮވުނު ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355