twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: އިއްޔެގެ މެޗްތައް ކާމިޔާބްކުރީ އެސްޓީއޯ އާއި ދިރާގު

Nov 22, 2012

ޒިގްޒެގް އިންޓަރއޮފީސް ފުޓްސަލް މުބާރާތުގައި އިއްޔެ އިއްޔެ ކުޅުނު މެޗުތައް އެސްޓީއޯ އާއި ދިރާގު ކާމިޔާބު ކޮށްފި އެވެ.

އިއްޔެގެ ފުރަތަމަ މެޗް ދިރާގުން ކާމިޔާބްކުރީ އަތޮޅު ކައުންސިލާއި ބައްދަލުކޮށް 9 ލަނޑު 3 ލަނޑުން ނެވެ. މިމެޗްގައި ދިރާގުގެ މުހައްމަދު ފާހިރު ވަނީ 4 ލަނޑު ކާމިޔާބްކޮށްދީފައެވެ. އަދި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެޓީމްގެ އަހުމަދު ދާއޫދު ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން މުހައްމަދު ޒަކަރިއްޔާ އާއި މުހައްމަދު މޫސާވެސް ވަނީ އިއްޔެގެ މެޗްގެ އިތުރު ވަގުތުގައި ލަނޑެއް ޖަހާފައެވެ. މި މެޗްގައި އަތޮޅު ކައުންސިލްގެ ދެ ލަނޑެއް އަބްދުއްސައްތާރު އަބޫބަކުރު ވަނީ ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމްގެ އަނެއް ލަނޑު ޖަހާފައިވަނީ މުހައްމަދު އާދަމެވެ.

އިއްޔެގެ ދެވަނަ މެޗްގައި އެސްޓީއޯ އާއި އޭއީސީ ބައްދަލުކޮށް އެސްޓީއޯ މޮޅުވީ 17 ލަނޑު 3 ލަނޑުންނެވެ. މިމެޗްގައި 11 ލަނޑު ޖަހާ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދާފައިވަނީ އެސްޓީއޯގެ ހަސަން މުހައްމަދެވެ. މީގެ އިތުރުންވެސް އެޓީމްގެ ހުސައިން ފަޒީލް ވަނީ ހެޓްރިކް ހަދާފައެވެ. އަދި އަހުމަދު ނަދީމްވެސް ވަނީ ލަނޑެއް ޖަހާފައެވެ.  އޭއީސީގެ މުހައްމަދު އަބްދުﷲ އަތުން ބައިކޮޅަށްވެސް ވަނީ އިއްޔެގެ މެޗްގައި ލަނޑެއް ވަދެފައެވެ.

މިމުބާރާތުގައި ދެން މެޗެއް ކުޅެވޭނީ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ހޮސްޕިޓަލާއި އަތޮޅު ކައުންސިލެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ދިރާގާއި އަފީފުއްދީނެވެ. މާދަމާގެ މެޗްތަކަކީ ސެމީއަށް ދަތުރުކުރާ 4 ވަނަ ޓީމް ކަނޑައެޅިގެންދާނެ މެޗްތަކެވެ. މިހާތަނަށް މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރު ވެފައިވަނީ ޕޮލިސް، އެމްއެންޑީއެފް އަދި އެސްޓީއޯ އަށެވެ. ހަތަރު ވަނަ ޖާގަ އަށް ވާދަކުރަނީ ހޮސްޕިޓަލް އަދި ދިރާގެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355