twitterviber whatsapp telegramfacebookyoutube instagram
23rd February 2020

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ “އާދަމް ސަލީމް ކަޕް” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

Dec 4, 2012

ހަނިމާދޫ ޒުވާނުން ޖަމިއްޔާ އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “އާދަމް ސަލީމް ކަޕް” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގެ ހޯލުގައެވެ. ޖުމްލަ 10 ޓީމް ބައިވެރިވެފައިވާ މިމުބާރާތް ކުރިއަށްދާނީ 2 ގްރޫޕަލަށް ބަހާލައިގެންނެވެ. މިގޮތުން ގްރޫޕް އޭ ގައި ހިމެނެނީ ޕޮލިސް އެމްއެންޑީއެފް، ޔޫތު ފްރެންޑްސް، އަހުލީ، ރޫހް އަދި ޔޫތު ފްރެންޑްސް ޖޫނިއަރސް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ރިއަލް ސްޓާރސް، ޕީއެސް ތްރީ، ޔުނިފޯރމް، ޔަންގް ބޯއީސް، އަދި ޑީޓޫ ސްޕޯރޓްސް އެވެ.

މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ޔޫތް ފްރެންޑްސް ޖޫނިއަރސް އަދި ޕޮލިހާއި އެމްއެންޑީއެފްގެ ކޮމްބައިން ޓީމެވެ.

މިމުބާރާތުގައި އެންމެ މޮޅު ގޯލްކީޕަރ، ޑިފެންޑަރ ،ފޯރވާޑް، މިޑްފީލްޑަރ، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ،އަދި 21 އަހަރުން ދަށުގެ އެންމޮޅު ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ޗެމްޕިއަންޓީމަށް ތައްޓާއެކު 8000 ރުފިޔާ ހުށައެޅިފައިވާއިރު ރަނަރަޕްޓީމަށް 1500 ރުފިޔާ ވަނީ ހުށަހެޅިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ އެވެ. ކޯ ސްޕޮންސަރ އަކީ ފާއިތުވި އަހަރުގެ މެއިން ސްޕޮންސަރ ސްޓާރޓިން ޕޮއިންޓެވެ.

މިމުބާރާތް ކުރިއަށްދާނީ ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިމަހުގެ 7 އިން 31 ގެ ނިޔަލަށެވެ. ދެއަހަރުން އެއް އަހަރު ބާއްވާ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ޔޫތު ފްރެންޑްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355