twitterviber whatsapp telegramfacebookyoutube instagram
19th July 2025

ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ގުޅާލެވޭ ޕްރޮމޯޝަނެއް ފަށައިފި

Dec 19, 2012

 ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ގުޅާލެވޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުގެ އޭޑީއެސްއެލް މި ޕްރޮމޯޝަނުގައި ފޯންލައިނެއް ލައިފައި ހުރިތަނެއް ނަމަ ހިލޭ އޭޑީއެސްއެލް ކަނެކްޝަން ދޭނެއެވެ. އަދި ކުރިން ބޭނުންކޮށްފައި އަދި މިހާރު ބޭނުން ކުރެވޭގޮތަށް ލައިނެއް ހުރިނަމަ އެންމެ 150 ރުފިޔާގެ ކަނެކްޝަން ފީއަކާއެކު ލައިން ސެޓަޕް ކޮށްދޭނެއެވެ. ކުރިން ފޯނުލައިނެއް ލުމަށް ދިރާގުން 1000 ރުފިޔާ ނަގައެވެ.

މި ޕްރޮމޯޝަނުގައި ޕްރޯ އަންލިމިޓެޑް 2 އެމް، ޕްރޯ އަންލިމިޓެޑް 1 އެމް،  ހޯމް އަންލިމިޓެޑް، ހޯމް ޕްރިމިއަރ 10 އެމް،  ހޯމް ޕްރިމިއަރ 4 އެމް، ހޯމް ޕްލަސް، ހޯމް ސްޓާޓަރ ގެ އިތުރުން ކިޔަވާ ކުދިންނަށް ޚާއްސަ ސްޓޫޑެންޓް ސްޓާޓަރ އާއި ސްޓޫޑަންޓް ލައިޓް ޕެކޭޖެއްވެސް ހިމެނެއެވެ.

މި ޕްރޮމޯޝަންގެ ސަބަބުން ފުޅާ ދާއިރާއެއްގައި ހަލުވި ކަމާއެކު އިންޓަރނެޓްގެ ބޭނުން ކުރެވޭނެކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖެނުއަރީމަހުގެ 31ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355