twitterviber whatsapp telegramfacebookyoutube instagram
18th March 2026

މިއަހަރުގެ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ބިޑް ކުޅުދުއްފުށީ ކައުންސިލުން ކާމިޔާބު ކޮށްފި

Jan 24, 2013

މި އަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް ބޭއްވުމުގެ ބިޑް ކުޅުދުއްފުށީ ކައުންސިލުން ކާމިޔާބު ކޮށްފި އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ، އެތުލެޓިކްސް މުބާރާތުގެ ބިޑް ކުޅުދުއްފުއްޓަށް ކާމިޔާބުވުން،  އެއީ ކުޅުދުއްފުށީގެ އެތުލީޓުންނަށް މުބާރާތުގައި ބައިވެރިވުމަށް ލިބުނު ހިތްވަރަކަށްވެގެން ދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ވިޔަފާރިވެރިންނަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ ކަމަށް ރަމީޒު ވިދާޅުވި އެވެ.

ރަމީޒު އިތުރަށް ވިދާޅުވީ މި ބިޑް ކާމިޔާބު ކުރެވިފައި މިވަނީ ކުޅުދުއްފުށީގެ ސްކޫލުތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށެވެ.

ކުޅުދުއްފުށިން މި ބިޑް ކާމިޔާބު ކޮށްފައި ވަނީ އައްޑޫ، ފުވައްމުލައް، ލ. އަތޮޅު، ބ އަތޮޅު އަދި ގދ  ތިނަދޫ އާއި ވާދަކޮށްގެންނެވެ.

މި މުބާރާތް މީގެ ކުރިންވެސް ކުޅުދުއްފުށީގައި އެކި ފަހަރު ވަނީ ބާއްވާފައި އެވެ. މިއަހަރުގެ މުބާރާތް ބާއްވާނެ ވަކި ތާރީހެއް އަދި އެނގިފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355