twitterviber whatsapp telegramfacebookyoutube instagram
13th May 2025

ގްލޯނެޓްގެ ޔުނިވާސިޓީ އެޑިއުކޭޝަން ފެއަރ މިމަހު 22 ގައި އޮންނާނެ

Feb 18, 2013

ގްލޯނެޓް ގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ޔުނިވަރސިޓީ އެޑިއުކޭޝަން ފެއަރ މިމަހުގެ 22 ގައި އޮންނާނެ އެވެ.

ކުޅުދުއްފުށީ ކައުންސިލާއި ރަށުގެ ސްކޫލުތަކާ ގުޅިގެން ގްލޯނެޓުން ބާއްވާ މި ފެއަރ ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހު ގެ ހަވީރު 3 އިން 6 އަށް ޖަލާލުއްދީން ސްކޫލުގަ އެވެ.

މި ފެއަރ ގައި އެކިއެކި ކޯސްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދީ، ކޯސްތަކަށް ރަޖިސްޓްރީ ކޮށްދީ، ޑިސްކައުންޓާއި، ސްކޮލަރޝިޕްގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ. މިގޮތުން ތަފާތު 7 ޔުނިވަރސިޓީ އަކުން ހިންގާ ކޯސްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި މެލޭޝިޔާގެ ނިލާއީ ޔުނިވާސިޓީ، ސަންވޭ ޔުނިވާސިޓީ ކޮލެޖް، އިންޓަރނޭޝަނަލް މެޑިކަލް ޔުނިވާސިޓީ، ޔޫސީއެސްއައި ޔުނިވާސިޓީ، ޓޭލާރސް ކޮލެޖް، ސެގީ ޔުނިވާސިޓީ ކޮލެޖް ގެ އިތުރުން އެޕިޓް އަދި ވެލްސް ޔުނިވާސިޓީ ހިމެނެ އެވެ.

މި ފެއަރގައި ވީހާވެސް ގިނަ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވުމަށާއި މިފަދަ މުހިއްމު ފުރުސަތު ތަކުގެ ބޭނުން ހިފުމަށް ކައުންސިލުން އިލްތިމާސް ކުރައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355