ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ސިންގަޕޫރަށް ފުރައިވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެއީ އަމިއްލަ ދަތުރުފުޅަކަށް ވާތީ އިތުރު ތަފްސީލެއް އަދި އަނބުރާ ވަޑައިގަންނަވާނެ ދުވަހެއް ނުބުނެ އެވެ.
މީގެ ކުރިން ވެސް ރައީސް ވަނީ އެމަނިކުފާނުގެ އާއިލާއާއެކު އެކި ފަހަރުގެ މަތިން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.