twitterviber whatsapp telegramfacebookyoutube instagram
11th August 2026

ވައިކަރަދޫގައި ޔޫތު ސެންޓަރަކާއި ޕޮލިސް ޕޯސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުން ބުނެފި

Feb 24, 2013

ހދ. ވައިކަރަދޫގައި ޔޫތު ސެންޓަރަކާއި ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލް ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވީ މި ދެ އިމާރާތް ވެސް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ބައު އިމާރާތްތައް މަރާމާތު ކޮށްގެން ކަމަށެވެ. އެގޮތުން ޔޫތު ސެންޓަރު އަޅަނީ ކުރީގެ ބޮޑު މަދަރުސާގެ ގޮތުގައި ބޭނުންކުރި އިމާރާތުގައެވެ. އަދި ޕޮލިސް ޕޯސްޓް ގާއިމު ކުރަނީ ކުރީގެ ރަށްވެހިގެ ހުރި އިމާރާތުގައި ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވީ ޔޫތު ސެންޓަރު އިމާރާތް ކުރަނީ އެތަނުގައި ޖަލްސާ ކުރެވޭ ގޮތަށާއި އިންޑޯ ކުޅިވަރުތައްވެސް ކުޅެވޭ ގޮތަށް ކަމަށެވެ. އަދި މި 2 އިމާރާތަށްވެސް ޚަރަދުކުރާނީ ކައުންސިލުގެ ބަޖެޓުންނާއި ވައިކަރަދޫ ތަރައްޤީގެ ފަންޑުން ކަމަށެވެ.

ވަހީދު އިތުރަށް ވިދާޅުވީ ވައިކަރަދޫއިން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ބިންތަކުގެ ތެރެއިން 5000 އަކަފޫޓުގެ ކޮންމެ ދަނޑަކުން 50 ރުފިޔާގެ މަގުން ކުއްޔެއް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މާރޗް މަހުގެ ތެރޭގައި މި ކުލި ނަގަންފެށޭވަރު ވާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ހދ. ވައިކަރަދޫގެ ރައްޔިތުން މައިގަނޑު  ގޮތެއްގައި ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355