twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖަލާލުއްދީން ސްކޫލްގެ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމަރަލްޑް ހައުސް ހޯދައިފި

Mar 2, 2013

ޖަލާލުއްދީން ސްކޫލްގެ 14 ވަނަ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމަރަލްޑް ހައުސް ހޯދައިފި އެވެ.

އެމަރަލްޑް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޓޮޕާޒް ހައުސް އާއި ބައްދަލުކޮށް 15 ޕޮއިންޓު 9 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މިއަދުގެ މެޗު ނިމުމުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމުދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާނު، ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސް އައިމިނަތު މަޖީދާ އެވެ.

މިގޮތުން އެކި މެޗުތަކުން ކުއީން އޮފް ދަ މެޗް ހޯދި ކުޅުންތެރިންނަށް ސެޓްފިކެޓް ވަނީ ދީފައެވެ. މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިޝަތު މައިޝާ ނޫރައްދީނެވެ. އަދި ކުއީން އޮފް ދި ޓޯނަމަންޓް އަކަށް ހޮވިފައިވަނީ ޓޮޕާޒް ހައުސްގެ އައިމިނަތު ޢައިނާ އެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ އެންމެ މޮޅު 7 ދަރިވަރުންވެސް ވަނީ ހޮވާފައި އެވެ. އެއީ ޓޮޕާޒް ހައުސްގެ އައިމިނަތު އައިނާ އާއި މިއަދުގެ މެޗުގެ ކުއީންއަކަށް ހޮވުނު އެޓީމުގެ ފާތިމަތު ރިފާ އާއި އެމަރަލްޑް ހައުސްގެ ހަނާން މުހައްމަދާއި އައިމިނަތު ނައުޝާ އަދި އައިމިނަތު ސަމާ އަބްދުﷲ އެވެ. އަދި ރޫބީ ހައުސްގެ ސަމާ ހަސަން އާއި ސަފާޔާ ހައުސްގެ އިކްރާމާ އަބްދުއް ސަލާމް ވެސް އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ.

މިމުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ސަފާޔާ ހައުސްގެ ޓީމެވެ. ފާއިތުވި އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޫބީ ހައުސް ޓީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355