twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަމީރު އަމީން ސްކޫލުގެ ސްޕޯޓްސް މީޓް ބާއްވައިފި

Mar 8, 2013

އަމީރު އަމީން ސްކޫލުގެ ސްޕޯޓްސް މީޓް ބާއްވައިފި އެވެ.

މިއަދު މި ސްޕޯޓްސް މީޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްކޫލުގެ އެޑްމިނިސްޓްރޭޓަރ އާއިޝަތު މުހައްމަދު ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ ބޭނުމަކީ ދަރިވަރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ދަރިވަރުންގެ މެދުގައި އިޖްތިމާއީ ރޫހު އާލާ ކުރުމެވެ.

މި ސްޕޯޓްސް މީޓް ޝަރަފްވެރި ކޮށްދެއްވާ ޔޫކޭޖީ އަދި އެލްކޭޖީ 2 ގެ ދަރިވަރުންގެ ތެރެއިން ވަނަވަނަ އަށް ދިޔަ ދަރިވަރުންނަށް މެޑެލް ހަވާލު ކޮށްދެއްވީ 2011 ވަނަ އަހަރުގެ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓުގައި  ރިކޯޑް ހެދި  އަދި 2011 އާއި 2012 ވަނަ އަހަރުގެ ބްރޯޑްބޭންޑް ރޭހުގެ ސްކޫލް ކެޓަގަރީ އިން 1 ވަނަ ހޯދި ޖަލާލުއްދީން ސްކޫލު ޓީމްގެ 1 ބައިވެރިއެއް ކަމަށްވާ ހދ.ކުޅުދުއްފުށީ މިސްރު ސާއިދާ ޖިބްރީލް އެވެ.

މިއަދު ޔޫކޭޖީ އަދި އެލްކޭޖީ 1 ގެ ދަރިވަރުންނަށް މެޑަލް ހަވާލުކޮށްދެއްވީ 2010 އާއި 2011 އަދި 2012 ވަނަ އަހަރުގެ އެޓޯލް އެތްލެޓިކްސް މީޓުގެ ބެސްޓް އަންހެން އެތްލީޓް އަދި 2011 ވަނަ އަހަރުގެ ދިރާގް އިންޓަރސްކޫލް އެތްލެޓިކްސް މީޓްގެ އުމުރުފުރާގެ 4 ގުނަ 400 މީޓަރުގެ ޤައުމީ ރިކޯޑް ހެދުމުގައި ބައިވެރިވެ އަދި 2012 ވަނަ އަހަރު ދިރާގު ބްރޯޑްބޭންޑްގެ ސްކޫލް ކެޓަގަރީއިން 1 ވަނަ ހޯދި ޖަލާލުއްދީން ޓީމްގެ ބައިވެރިއެއް ކަމަށްވާ ކުޅުދުއްފުށީ ޕައިންސް ޒޫނާ މޫސާ އެވެ.

ޔޫކޭޖީ އަދި އެލްކޭޖީ 3 ގެ ދަރިވަރުންނަށް މެޑަލް ހަވާލު ކޮށްދެއްވީ 2011 ވަނަ އަހަރު އެޓޯލް އިންޓަރސްކޫލް އެތްލެޓިކްސް މީޓްގެ އުމުރުފުރާއިން ބެސްޓް ފިރިހެން އެތްލީޓްގެ މަގާމް ހޯދި މުހައްމަދު އިބްރާހިމް ރިޔާ އެވެ.

މީގެ އިތުރުން ޔޫކޭޖީ އަދި އެލްކޭޖީ 4 ގެ ދަރިވަރުންނަށް މެޑަލް ހަވާލު ކޮށްދެއްވީ 2009 އަދި 2010 ވަނަ އަހަރު އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގެ އުމުރު ފުރާއިން ބެސްޓް އެތްލީޓް އަދި 2010 ގެ މަކިޓާ އެތްލެޓިކްސް މީޓުގެ އުމުރު ފުރާއިން ބެސްޓް އެތުލީޓް ކުޅުދުއްފުށީ ފަގުޑިޝިޔާ މުހައްމަދު ނައީމް އެވެ.

އަދި ޔޫކޭޖީ އާއި އެލްކޭޖީ 5 ގެ ދަރިވަރުންނަށް މެޑަލް ހަވާލު ކޮށްދެއްވީ 2010 އަދި 2011 ވަނަ އަހަރުގެ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގެ އުމުރުފުރާއިން ބެސްޓް އެތްލީޓް އަދި 2011 ވަނަ އަހަރު ގެ ދިރާގް ބްރޯޑްބޭންޑް ރޯޑްރޭހުން ސްކޫލް ކެޓަގަރީން 1 ވަނަ ހޯދި ޖަލާލުއްދީން ސްކޫލް ޓީމްގެ އެއް ބައިވެރިޔާ އިބްރާހިމް އާދަމް ކަރަންކާގެ އެވެ.

މި ސްޕޯޓްސް މީޓްގައި 25 މީޓަރު ދުވުމާއި، ޓަނަލްރޭހާއި، ފުންމުމާއި، ހޫޕް އެޅުމާއި ނަމްބަރު ތަތްކުރުމުގެ އިތުރުން ރޯލިންފަދަ ކުޅިވަރުތައްވެސް ކުރިއަށް ދިޔައެވެ.

 މި މީޓުގައި ޔޫކޭޖީގެ 165 ދަރިވަރުންނާއި އެލްކޭޖީގެ 122 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މީޓް ކުރިއަށްގެންގޮސްފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

އެތުލެޓިކްސް މީޓްގެ ފޮޓޯތައް ކުޅުދުއްފުށީ އޮންލައިން ފޭސްބުކް ޕޭޖްގައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355