twitterviber whatsapp telegramfacebookyoutube instagram
20th November 2025

ހަ ޓީމު ވާދަކުރާ އާދަމް އިސްމާއިލް ފުޓުބޯޅަ ލީގު ހުކުރު ދުވަހު ފަށަނީ

Mar 11, 2013

ކުޅުދުއްފުށީގެ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތެއް ކަމުގައިވާ އާދަމް އިސްމާއިލްގެ ޝަރަފްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ ލީގު މިއަންނަ ހުކުރު ދުވަހު ފެށޭނެ އެވެ.

6 ޓީމާއެކު މިމަހުގެ 15 ވާ ހުކުރު ދުވަހު ފަށާ މި ލީގު އިންތިޒާމް ކުރައްވާ އާދަމް އިސްމާއީލްގެ ދަރިފުޅު އަދި ކުޅުދުއްފުށީ މަގްލަސް ކްލަބްގެ ކުރީގެ ކެޕްޓަން އަހުމަދު އާދަމް ވިދާޅުވީ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރަށުގައި ފުޓުބޯޅަ ކުޅޭ ކުދިންނަށް މެދު ނުކެނޑި ކުޅޭނެ ދުވަސްކޮޅެއް މުބާރާތެއްގެ ސިފައިގައި ހޯދައި ދިނުން ކަމަށެވެ.

އަހުމަދު ވިދާޅުވީ މިމުބާރާތަށް އެއްވެސް ފަރާތެއްގެ ސްޕޮންސާ ހޯދާފައިނުވަނީ ކުޅުދުއްފުށީގެ 4 ދަނޑުގައި ކުޅޭކުދިން ދަނޑުތައް ތައްޔާރުކޮށްދީ ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވާތީ ކަަމަށެވެ.

ލީގު އުސޫލުން ކުޅެވޭ މި މުބާރާތުގެ މެޗްތަކުގެ ގުރުއަތުލުން ހޮނިހިރު ދުވަހުގެ ރޭ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީއާރްސީގައި ވަނީ ބާއްވާފައެވެ. މިމުބާރާތުގެ މެޗްތައް ކުރިއަށްދާނީ ހަފްތާ ބަންދުގައި 4 ދަނޑުގައެވެ. މިގޮތުން މެޗްތައް ކޮރަލް ދަނޑާއި، ހިރަފުސް ދަނޑާއި، ރަސްމީ ބޯޅަދަނޑު އަދި ސްޓޭޑިއަމްގައި ކުރިއަށްދާނެކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއްވިއެވެ

މި ލީގުގައި ބައިވެރިވެފައިވަނީ ކޮރަލްސް ޔުނައިޓެޑާއި، ޑްރިބަލް އާއި، ހިރަފުސް، ޓީމް ކޮރަލްސް ގެ އިތުރުން ޒިގްޒެގް ފޮރ ޔޫތު ލިންކޭޖް އާއި ޒިގްޒެގް އެވެ. މި ލީގު 3 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެއެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355