ކުޅުދުއްފުށީ ގައި އަލަށް ހަދަމުންދާ “ސުޒިއަމް” ނަމަކަށް ކިޔާ ގޭގައި ހުރި ބާރަ ވަރަކަށް ހާސް ރުފިޔާގެ ކަރަންޓު ވައިރު ސާމާނުތަކެއް ވަގަށް ގެންގޮސްފި އެވެ.
ސުޒިއަމްގޭގެ ވެރިފަރާތުގެ ދައްތައެއް މިނޫހަށް މައުލޫމާތު ދެމުން ބުނީ ގެއަކީ އެއްކޮށް ވައިރު ކޮށް ނިމިފައި ހުރިގެއެއް ކަމަށާއި ގެއަށް ވަގުން ވަދެފައިވަނީ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ރޭގެ ވަގުތެއްގައި ކަމަށް ބެލެވޭކަމަށެވެ. މިހާދިސާ ގައި އެގޭގައި އަޅާފައިވާ ހުރިހާ ކަރަންޓް ވައިރު ސާމާނުތަކެއް ވަނީ ވަގަށް ގެންގޮސްފަކަމަށެވެ.
“ރޭގެ ވަގުތެއްގައި ގެވަޅު ފަޅާލައިފައި ވަނީ. މިހާރު 2 ވަނަ ފަހަރަށް އެފަޅާލީ. ތަންކޮޅެއް ކުރީ ފަހަރެއްގައި ވެސް ގެވަޅުން ވައްކަން ކުރި. އެފަހަރުވެސް ހަމަ ވަގަށް ގެން ގޮސް ފައިވަނީ ވައިރު ތަކެއް. މިފަހަރު ލަފާކުރެވޭ ގޮތުގައި 12000 ރުފިޔާގެ ގެއްލުން މިވީ.” އޭނާ މަޢުލޫމާތު ދިނެވެ.
ސުޒިއަމްގެ ފަޅާލާފައިވާ ވާކަން އެގޭ ވެރިފަރާތަށް އެނގިފައި ވަނީ މިއަދު ހަވީރު 5 ޖެހިއިރު އެވެ. މިގެއަކީ ހަތަރު ކޮޓަރި އާއި އެއް ސިޓިން ރޫމު ހިމެނޭ ގެއެކެވެ. މިގޭގައި މިހާރު ކުރަމުން ދަނީ ތަށިމުށި ޖެހުމުގެ މަސައްކަތެވެ.
މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.