ކުޅުދުއްފުށީގައި ބާއްވާ "ބޮޑުތިލަދުންމަތި ބޮޑު ބާޒާރު"ގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ހަމަޖެހިއްޖެ އެވެ.
ސެޕްޓެމްބަރު 30 އިން އޮކްޓޯބަރު 4 ގެ ނިޔަލަށް ކުޅުދުއްފުށީ ވެލިގަނޑު ސަރަޙައްދުގައި ކުރިއަށްދާ މި ބާޒާރުގައި މުނިފޫހިފިލުމަށް 6 މިއުޒިކް ބޭންޑެއްގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.
އެގޮތުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެރާއި މިއުޒިކް ބޭންޑްގެ ހުށަހެޅުންތައްވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން ބިރުވެރި ހޮހޮޅަ ތަޖުރިބާކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.
ގިނަ ހަރަކާތްތަކަކާއެކު ކުރިއަށްގެންދާ މި ބާޒާރުގައި އައިލެންޑް ކާނިވަލްގެ ގޭމްތައް ކުޅުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. އެގޮތުން އެ ކާނިވަލްގައި 12 ކުޅިވަރެއް ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދީފައިވެ އެވެ.
- ޝާދިން އެން ބޭންޑް
- ދަ ސޫރަ ބޮޑުބެރު ގުރޫޕް
- މިސްގާލް ބޮޑުބެރު ގުރޫޕް
- ޓްރޮޕިކްސް
- ޑްރެޖް ބޭންޑް
- ކުލިއޯ ފިޓް ނަސޫހް
މި ބާޒާރުވެގެންދާނީ އަތޮޅުތެރޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ބާޒާރަށެވެ. މި ބާޒާރުގައި 22 ވިޔަފާރިއަކުން ބައިވެރިވެފައިވާއިރު މިތަނުގައި ތަކެތި ހެޔޮއަގުގައި ލިބެން ހުންނާނެކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ.




