އާދަމް އިސްމާއިލް ލީގުގައި މިހަފްތާގެ ފުރަތަމަ މެޗް ޑްރިބްލް ކާމިޔާބު ކުރިއިރު ދެވަނަ މެޗް ފަސޭހަކަމާއެކު ކާމިޔާބު ކުރީ ޓީމް ކޮރަލްސް އެވެ.
ހަފްތާ ބަންދުގެ ފުރަތަމަ މެޗް ޑްރިބްލް އިން ކާމިޔާބު ކޮށްފައިވަނީ ޒިގްޒެގާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. ޑްރިބްލްގެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ހުސައިން އަބްދުއް ރަޝީދެވެ. މި މެޗްގައި އެޓީމުގެ އަހުމަދު ހަސަން އަށާއި ޒިގްޒެގް ގެ މުހައްމަދު ހަސަން އަދި މުހައްމަދު ޒަކަރިއްޔާއަށް ވެސް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ.
ކުޅުދުއްފުށީ ރަސްމީ ބޯޅަދަނޑުގައި ކުޅުނު މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޑްރިބްލް ގެ އިބްރާހިމް އަޒްލީން އެވެ.
މިހަފްތާގެ ދެވަނަ މެޗް ފަސޭހަކަމާއެކު ޓީމް ކޮރަލްސް އިން ކާމިޔާބް ކޮށްފައިވަނީ ކޮރަލްސް ޔުނައިޓެޑާއި ބައްދަލުކޮށް 9 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި ޓީމް ކޮރަލްސްގެ މުހައްމަދު އަލީ އާއި ޒައިދު މުހައްމަދު އަދި މުހައްމަދު އަލީ ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައެވެ. އަދި އަބްދުﷲ އަބޫބަކުރާއި، އަރުޝަދު ހަސަންގެ އިތުރުން ބަޝީރު ޔޫސުފްވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. މިމެޗްގައި ކޮރަލްސް ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މޫސާ ނައީމެވެ. އެޓީމުގެ އާދަމް މުހައްމަދަށް މި މެޗްގައި ރަތްކާޑު ދައްކާފައިވެސް ވެއެވެ.
ކޮރަލް ދަނޑުގައި ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ކޮރަލްސްގެ ޒައިދު މުހައްމަދެވެ.
އާދަމް އިސްމާއިލް ފުޓުބޯޅަ ލީގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ޓީމް ކޮރަލްސް އެވެ.