twitterviber whatsapp telegramfacebookyoutube instagram
26th April 2025

ދިރާގުން އެޗް ޕްލަސް ނެޓްވޯކްގެ ޚިދުމަތް ދޭން ފަށައިފި

Apr 27, 2013

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެޗްއެސްޕީއޭ ޕްލަސް (އެޗް ޕްލަސް) ގެ ޚިދުމަތް ދިރާގުން ދޭން ފަށައިފި އެވެ.

ދިރާގުން މަޢުލޫމާތު ދޭގޮތުގައި މާލެ ސަރަހައްދުގައި އެޗް ޕްލަސް ނެޓްވޯކްގެ ޚިދުމަތް ކާމިޔާބު ކަމާއެކު ޓެސްޓު ކުރުމަށްފަހު މިހާރު އެޚިދުމަތް ކަސްޓަމަރުންނަށް ދޭން ވަނީ ފަށާފައެވެ. މި ޚިދުމަތާއެކު ރާއްޖޭގައި ދެވޭ އެންމެ ހަލުވި މޯބައިލް އިންޓަނެޓްގެ ޚިދުމަތް ދިރާގުން ދެވޭކަމަށް ދިރާގުން ބުނެއެވެ.

އެޗް ޕްލަސް ރާއްޖެއަށް ތައާރަފް ކުރުމަށްފަހު ދިރާގުން ބުނީ މިއީ ލޯންގް ޓަރމް އިވޮލިއުޝަން (އެލްޓީއީ) ނުވަތަ 4 ޖީ ހިދުމަތާއި ހަމައަށް ދިއުމަށް ދިރާގުން އެޅި ފިޔަވަޅެކެވެ. ދިރާގުން މިހާރު ވަނީ 4 ޖީ ނެޓްވޯކް ޓެސްޓް ކުރަން ފަށާފަ އެވެ.

ދިރާގުގެ 3 ޖީ ނެޓްވޯކް މިހާރު ރާއްޖޭގެ އާބާދީގެ 82 ޕަސެންޓް މީހުންނަށް ލިބެއެވެ.

ދިރާގުން ދާދިފަހުން ވަނީ ހިލޭ ޓްވީޓް ކުރެވޭ ޕްރޮމޯޝަނެއް ފަށާފައެވެ. ޖުލައި 23 އާއި ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޓްވީޓް، ރީޓްވީޓް އަދި ފޮޓޯ އަޕްލޯޑްކޮށް ޓްވީޓް ކުރާއިރު އެއްވެސް ޑޭޓާ ޗާރޖެއް ނުނަގާނެއެވެ. ފޯނުގެ ބްރައުޒާ އިން ޓްވިޓާއަށް ވަދެ ހިލޭ ޓްވީޓް ކުރުމުގެ އިތުރުން އެންޑްރޮއިޑް ފޯނުތަކުގެ ޓްވިޓާ އެޕްލިކޭޝަނުންވެސް ހިލޭ ޓްވީޓް ކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355