twitterviber whatsapp telegramfacebookyoutube instagram
14th October 2026

އާދަމް އިސްމާއިލް ލީގުގައި މިހަފްތާގެ މެޗްތައް ކާމިޔާބުކުރީ ހިރަފުހާއި ޓިމް ކޮރަލްސް

Apr 28, 2013

އާދަމް އިސްމާއިލް ލީގުގައި މިހަފްތާގެ މެޗްތައް ހިރަފުހާއި ޓިމް ކޮރަލްސް ކާމިޔާބު ކޮށްފި އެވެ.

މިގޮތުން ހުކުރު ދުވަހުގެ ހަވީރު ހިރަފުސް ދަނޑުގައި ކުޅުނު މެޗް އެޓީމުން ކާމިޔާބު ކުރީ 6 ލަނޑު 3 ލަނޑުން ޒެޑް ވައި އެލް އާއި ބައްދަލުކޮށެވެ. މި މެޗްގައި ހިރަފުހުގެ އަބްދުލް ލަތީފް ޔަހުޔާ އާއި ފަރުހަތު މުހައްމަދު ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ މުހައްމަދު ހަސަނާއި އަސްލަމް މުހައްމަދުވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ.  މިމެޗްގައި ޒެޑް ވައި އެލް ގެ ލަނޑުތައް ޖަހާދީފައިވަނީ މުހައްމަދު ހަސަނާއި އަންވަރު އާދަމް އަދި މުޖީބު އަލީ އެވެ.

މި މެޗްގެ މޭން އޮފްދަ މެޗްގެ މަގާމް ލިބިފައިވަނީ ހިރަފުހުގެ ފަރުހަތު މުހައްމަދަށެވެ.

މިހަފްތާ ބަންދުގެ ދެވަނަ މެޗް ޓީމް ކޮރަލްސް އިން ކާމިޔާބުކޮށްފައިވަނީ ޑްރިބަލް އާއި ބައްދަލުކޮށް 4 ލަނޑު 1 ލނަޑުންނެވެ. މިމެޗްގައި ޓީމް ކޮރަލްސްގެ  މުހައްމަދު ނަދީމް ވަނީ ހެޓްރިކް ހަދާ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައެވެ. މިމެޗްގައި އެޓީމުގެ އަނެއް ލަނދު ޖަހާދީފައިވަނީ މުހައްމަދު އަލީ އެވެ.

ކޮރަލް ދަނޑުގައި ކުޅުނު މި މެޗްގައި ޑްރިބަލް އިން ޖެހި ހަމައެކަނި ލަނޑު ޖަހާދީފައިވަނީ އެޓީމުގެ އަހުމަދު ގާސިމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293