twitterviber whatsapp telegramfacebookyoutube instagram
13th May 2025

ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

Apr 29, 2013

ދިރުވާލައިގެން ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އިއްޔެ ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ކުޅުދުއްފުށީ ލޯންލީހާޓް މުއާޒް އަބޫބަކުރު (27އ) ގެ މައްޗަށެވެ. މީނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ  2009 ވަނަ އަހަރުގެ ޖޫން މަހުގެ ދުވަހެއްގައި، ބޯޓަކުން އޭނާ ކުޅުދުއްފުށްޓަށް އައިއިރު ދިރުވާލައިގެން މަސްތުވާތަކެތި ގެނެސްފައިވާތީއެވެ

އެ ތަކެތި ނަގައި ތަހުލީލުކުރިއިރު އޭގައި 0.0990 ގްރާމް ބެންޒޯޑައިޒީޕައިން ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކަ އެވެ.  އަދި މުއާޒު ވަނީ އެއީ އޭނާގެ އެއްޗެއް ކަމަށް ބުނެ ޝަރީއަތުގައި ކުށަށް އިއުތިރާފްވެފަ އެވެ.

ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން  މުއާޒް 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުންނެވެ.

އުމުރަށް ޖަލަށްލުމުގެ އަދަބު އަންނާނީ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ބާވަތެއް ގެންގުޅުމުންނެވެ. އެހެންކަމުން މުއާޒުގެ މައްޗަށް 10 އަހަރުގެ ހުކުމެއް އައީ އޭނާގެ އަތުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ފެނިފައިވާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355