twitterviber whatsapp telegramfacebookyoutube instagram
13th May 2024

ރައީސް ވަހީދު މިއަދު ބޭއްވެވި ބައްދަލުވުމުގައި ހިޔާލުފާޅުކުރަން އެކަށީގެންވާ ފުރުސަތެއް ނުދޭކަމަށް ބައެއް ރައްޔިތުން ބުނެފި

May 4, 2013

ކުޅުދުއްފުށީ އަމީނީމަގު ހެދުމުގެ މަޝްރޫއާ ބެހޭ ގޮތުން ރައީސުލްޖުމުހޫރިއްޔާ ކުޅުދުއްފުށީ ރައްޔިތުންނާއި މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި ބައެއް ރައްޔިތުންނަށް ހިޔާލުފާޅު ކުރުމަށް ފުރުޞަތު ނުދޭ ކަމަށް އެބަދަލުވުމުގައި ބައިވެރިވި ބައެއް މީހުން ބުނެފި އެވެ.

ކުޅުދުއްފުށީ އޮންލައިނަން މައުލޫމާތު ދެމުން އެބައްދަލުވުމުގައި ބައިވެރިވި ކުޅުދުއްފުށީ ލޭކުސައިޑް އަޝްރަފް މޫސާ ބުނީ އޭނާ ވާހަކަ ދައްކަން އެތައްފަހަރަކު ފުރުޞަތަކަށް އެދުނު ކަމަށާއި އެހެންނަމަވެސް އޭނާ އަށް ކުޅުދުއްފުށީގެ ރައްޔިތެއްގެ ހައިސިޔަތުން އެބަދަލުވުމުގައި، އަމީނީމަގު ހެދުމުގެ މަޝްރޫއާ ބެހޭ ގޮތުން ރައީސް ވަހީދުގެ އަރިހުގައި ހިޔާލުފާޅު ކުރުމުގެ ފުރުޞަތު ނުލިބުނު ކަމަށެވެ. އަދި އެންމެ 133 މީހުން އެގޮތަށް އަތް ނަގައިގެން ވޯޓެއް ނުނެގޭނެ ކަމަށާއި އެއަކީ ކުޅުދުއްފުށީގެ ރައްޔިތުންގެ އަޑު ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި، ހިޔާލު ފާޅުކުރުމަށް ހުޅުވާލި ފުރުޞަތުގައި، ވާހަކަ ދެއްކުމަށް ފުރުޞަތު ދިނީ އެންމެ ދެ މީހުންނަށެވެ. ރައްޔިތުންނާއި ގުޅުންހުރި ބޮޑު މަޝްރޫއަކާބެހޭގޮތުން ގޮތެއް ނިންމިއިރު އެކަށީގެންވާ އަދަދަކަށް ހިޔާލުފާޅުކުރުމަށް ފުރުޞަތު ދޭންޖެހޭނަކަމަށް ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.

މިނޫހާ މައުލޫމާތު ހިއްސާކުރި ބައެއް ރައްޔިތުން ބުނީ، މިއަދު އެބައްދަލުވުމަށް ދާން ގޮވިއިރު، އެއީ އަމީނީމަގުގެ މައްސަލާގައި ރައްޔިތުންގެ ހިޔާލުހޯދާ، “ވޯޓު ނަގަން” އުޅޭ ބައްދަލުވުމެއްކަން ކުރިން ނޭގޭ ކަމަށެވެ. އަދި މިއަދު އެތަނަން ރައްޔިތުން ގެންދިޔައީ ވޯޓެއް ނަގައިގެން ރައްޔިތުންގެ ނަމުގައި ކަމެއް ނިންމަންކަން އެނގުނީ އެބައްދަލުވުމަށް ދިޔަފަހުން ކަމަށްވެސް އެމީހުން ބުންޏެވެ.

މިނަޫހަށް މައުލޫމާތު ދިން ކުޅުދުއްފުށީ ބައެއް ރައްޔިތުން ބުނީ، ރަށު ކައުންސިލް އިދާރާއިންނާއި ރައީސް ވަހީދު ޕާޓީގެ ކުޅުދުއްފުށީ ގޮފިންވެސް، ޕިކަޕުގައި އަޑު ގަދަ ކުރާއިން ގޮވީ ރައީސް ވަހީދު އާއި ބައްދަލު ކުރެއްވުމަށް ދިއުމަށް ކަމަށާއި، އެތަނުގައި އަމީނީމަގު ހަދާނެގޮތަކާ ބެހޭގޮތުން ވޯޓެއް ނެގުމަށް ހަމަޖެހިފައިވާ ކަންމެއް ނޭގޭ ކަމަށެވެ.

133 މީހުން ބައިވެރިވި މިއަދުގެ ބައްދަލުވުމުގައި ރައީސް ވަހީދު ވިދާޅުވީ މަގުހެދުމުގެ އަމަލީ މަސައްކަތް އެއްމަސްދުވަހުގެ ތެރޭގައި އަލުން ފެށެން ޖެހޭ ކަމަށެވެ. އަދި މިހާރު އެމަސައްކަތް ކުރަން ހަވާލުކުރި ބަޔަކަށް އެކަން ނުކުރެވޭނަމަ އެހެން ބަޔަކުލައްވާ ނަމަވެސް އެކަން ކުރައްވާނެ ކަމަށެވެ. އަމީނީމަގު ހެދުމުގެ މަޝްރޫއަކީ 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355