twitterviber whatsapp telegramfacebookyoutube instagram
12th May 2025

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބީއެމްއެލް އިން، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ކުޑަކުދިންނަށް ޒިޔާރަތް ކޮށްފި

May 12, 2013

މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބްރާންޗުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ ކުޑަކުދިންނަށް ޒިޔާރަތްކޮށް ހަދިޔާ ދީފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މާލޭ އާއި ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ހުރި ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް ވަނީ ޒިޔާރަތްކޮށް އެތަންތަނުގައި ފަރުވާ ހޯދަމުންދިޔަ ކުޑަކުދިންނަށް ހަދިޔާ ދީފައެވެ. މިގޮތުން ކުޅުދުއްފުށީ ބްރާންޗްގެ މުވައްޒަފުން ވަނީ އުތުރުގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ތިބި ކުޑަކުދިންނަށް ހަދިޔާ ދީފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ މާލޭގައި އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭގެ އިތުރުން ތެލެސީމިއާ ސެންޓަރަށް ވެސް ޒިޔާރަތްކޮށްފަ އެވެ. އަދި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް އެތަނުގައި މިވަގުތު ތިބި ކުޑަކުދިންނަށް ވެސް ބޭންކްގެ ފަރާތުން ވަނީ ހަދިޔާ ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355