twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުމުންދޫ ސްކޫލުގެ ޓީޗަރަށް ހަމަލާދިން މައްސަލައިގައި އިތުރު 5 މީހުން ހައްޔަރުކޮށްފި

May 19, 2013

ހދ ކުމުންދޫ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި އިތުރު 5 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއްގެ އިތުރުން 35 އަހަރުގެ އަންހެނެކެވެ.

މިމަހުގެ 14 ވަނަ ދުވަހު ބެލެނިވެރިންގެ ތެރެއިން ބަޔަކު ސްކޫލު ތެރެއަށް ވަދެ ބިދޭސީ ޓީޗަރަށް ހަމަލާދީ ޒަހަމް ކޮށްލީ އެ ޓިޗަރު ދަރިވަރަކު ގައިގައި ޖެހިކަމަށް ބުނެއެވެ. މިހާދިސާގައި ޓީޗަރަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި ވެއެވެ. މިމައްސަލާގައި މީގެ ކުރިން 3 ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

މި މައްސަލަ ޓީޗަރސް އެސޯސިއޭޝަނާއި ބެލެނިވެރިންގެ ޖަމްއިއްޔާއިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

މިމައްސަލަ މިހާރު ދަނީ ފުލުހުން ތަޙްގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355