twitterviber whatsapp telegramfacebookyoutube instagram
11th May 2025

ކުޅުދުއްފުށީގައި އެމްބިއުލަންސްއަށް ގުޅުމަށް ކުރު ނަމްބަރެއް ތައާރަފް ކޮށްފި

May 26, 2013

ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބޭނުންކުރާ އެމްބިއުލަންސްއަށް ގުޅާނެ ކުރު ނަމްބަރެއް މިއަދު ތައާރަފް ކޮށްފި އެވެ.

މިގޮތުން މިއަދު ތައާރަފް ކުރި ނަމްބަރަކީ 1401 އެވެ. ކުރިން އެމްބިއުލާންސްގެ ހިދުމަތް ހޯދުމަށް ގުޅަންޖެހެނީ އެޕޮއިންޓްމެންޓް ހިދުމަތަށް ގުޅާ 6528864 ނަންބަރަށެވެ. ނަމަވެސް މިހާރު އެނަންބަރު ބޭނުން ކުރާނީ ހަމައެކަނި އެޕޮއިންޓްމެންޓް ހެއްދުމަށެވެ. 1401 އަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެމްބިއުލާންސްއަށް ގުޅޭނެ ހާއްސަ ނަމްބަރު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވަ އެވެ.

އަލަށް ތައާރަފް ކުރި އާ ނަމްބަރުގެ ސަބަބުން އެމެޖެންސީގެ ހާލަތް ތަކުގައި އެމްބިއުލަންސަށް ގުޅުމުގައި  ދިމާވާ ދަތިތައް ހައްލުވެގެން ދާނެކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ. އެހެން ނަމަވެސް މިއީ ހިލޭ ގުޅޭ ނަމްބަރެއް ނޫންކަންވެސް އެފަރާތުން ފާހަގަ ކުރައްވަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355