twitterviber whatsapp telegramfacebookyoutube instagram
21st May 2024

ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރީގައި ހުރި މައްސަލަތަކާ އަޅާބަލާއިރު ޝަކުވާ ހުށަހަޅާ އަދަދު މަދު: ކުޅުދުއްފުށީ ކައުންސިލް އިދާރާ

Jun 4, 2013

ކުޅުދުއްފުށީގައި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓުގައި މައްސަލަ ހުރި މިންވަރާ އަޅާބަލާއިރު ޝަކުވާ ހުށަހަޅަމުން ނުދާ ކަމަށް ކައުންސިލުން ހާމަކޮށްފިއެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ސީނިއަރ ޕްރޮޖެކްޓް އޮފިސަރ ޢަލީ އިބްރާހީމް ވިދާޅުވީ ކުޅުދުއްފުށީގެ ވޯޓަރސް ރެޖިސްޓްރީ ލިސްޓްގައި މައްސަލަ ހުރި މިންވަރާ އަޅާބަލާއިރު ހުށަހެޅިފައިވަނީ ވަރަށް މަދު ޝަކުވާއެއް ކަމަށެވެ. އެގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ފަހުން މިވީ ދުވަހުގެ ތެރޭގައި ހުށަހެޅިފައިވަނީ 7 ފޯމުކަން އަލީ ފާހަގަ ކުރެއްވި އެވެ.

އަލީ ވިދާޅުވިގޮތުގައި ކުޅުދުއްފުށީގެ ލިސްޓުގައި މައިގަނޑު ގޮތެއްގައި ހުރީ އެޑްރެސް ނުބައިކޮށް ހުރުމުގެ މައްސަލަތަކެވެ. އެހެން ކަމުން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ދިރިއުޅޭ ތަން ބަދަލުވެ އެއްވެސް އެޑްރެހަކަށް ބަދަލު އަތުވެފައިވާ ފަރާތެއް ނަމަ މައްސަލައެއް އުޅޭތޯ ޗެކްކުރުމަކީ ވަރަށް މުހިއްމުކަމެއްކަން އަލީ ފާހަގަ ކުރެއްވިއެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފޯމު ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި ހަފްތާ ބަންދުގައި 2:30 ން 4:30 އަށް އަދި ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 ން ހަވީރު 4:00 ށް ޝަކުވާ ބަލައިގަތުން ކުރިއަށް ދާނެ ކަމަށް ކައުންސިލް އިދާރާއިން ހާމަކުރެއެވެ.

ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ ޖޫން 9 ވާ އާދީއްތަ ދުވަސް ކަމަށާއި އޭގެ ފަހުން އެއްވެސް ޝަކުވާއެއް ބަލައި ނުގަންނާނެކަން އިލެކްޝަނުން އަންގާފައިވާކަމަށްވެސް އަލީ ވިދާޅުވި އެވެ.

ސެޕްޓެމްބަރު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލިބުމުގެ ހައްގު ލިބިފައިވަނީ ކުޅުދުއްފުށީގެ 6016 މީހުންނަށެވެ.

ރަޖިސްޓްރީ ޗެކްކުރެއްވުމަށް މި ލިންކަށް ކްލިކް ކޮށްލައްވާ

ރަޖިސްޓްރީ ޗެކްކުރެއްވުމަށް މި ލިންކަށް ކްލިކް ކޮށްލައްވާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355