twitterviber whatsapp telegramfacebookyoutube instagram
22nd May 2024

ޖުމްލަ 315 އެތްލީޓުންނާއެކު އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ކުޅުދުއްފުށީގައި ފަށައިފި

Jun 10, 2013

ރާއްޖޭގެ އެކި ސަރަހައްދުތަކުން ބައިވެރިވި 16 ސްކޫލަކުން ޖުމްލަ 315 އެތްލީޓުންނާއެކު އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ.

މިއަދު ހެނދުނު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފެށުނު މި މުބާރާތުގައި 16 ސްކޫލަކުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި މާލޭގެ 8 ސްކޫލަކާއި އައްޑޫގެ ސްކޫލަކުން ވެސް ވަނީ ބައިވެރިވެފައި އެވެ. އޭގެ އިތުރުން ހިމެނެނީ ހދ އަތޮޅުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލާއި، ހދ އަތޮޅު ތައުލީމީ މަރުކަޒާއި،  ކުރިނބީ ސްކޫލާއި، ނޮޅިވަރަމް ސްކޫލާއި، ނޮޅިވަރަންފަރު ސްކޫލާއި އަދި ހދ އަތޮޅު މަދަރުސާއެވެ.

މުބާރާތުގައި ބައިވެރިވި މާލޭގެ ސްކޫލްތަކަކީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ތާޖުއްދީން ސްކޫލްގެ އިތުރުން އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. އައްޑޫ ސިޓީން މި މީޓުގައި ބައިވެރިވެފައިވަނީ ޝަރަފުއްދީން ސްކޫލެވެ.

މިއަދު ހެނދުނު ކުރިއަށްގެންދެވުނު އިވެންޓު ތަކުގެ ތެރޭގައި 11 އަހަރުން ދަށުގެ ސޮފްޓް ބޯލް ތްރޯވިންގ އާއި، 13 އަހަރާއި 15 އަހަރާއި 17 އަހަރުން ދަށުގެ ކުދިންގެ 100 މީޓަރު ދުވުމެވެ. މީގެ އިތުރުން 15 އަހަރާއި 17 އަހަރުން ދަށުގެ ކުދިންގެ 800 މީޓަރު ދުވުމާއި 11 އަހަރުން ދަށުގެ 8 ގުނަ 80 މީޓަރު ދުވުމުގެ އިތުރުން 13 އަހަރުން ދަށުގެ ކުދިންގެ ހާރޑް ބޯލް ތްރޯވިންގ އެވެ.

މިއަދު ހެނދުނު އިވެންޓުތައް ފެށުނު ކަމުގައިވީ ނަމަވެސް ރަސްމީކޮށް އެތްލެޓިކްސް މީޓް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355