ކުޅުދުއްފުށީ އޮންލައިންގެ 3 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތް މިއަދު ބާއްވައިފި އެވެ.
ކުޅުދުއްފުށީ އޮންލައިނާއި ޖަލާލުއްދީން ސްކޫލު ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު 35 ބައިވެރިއަކު ވަނީ ބައިވެރިވެފައި އެވެ. މި ކުރުވާހަކަ ލިޔުމުގެ މުބާރާތް އޮތީ މިއަދު ހެނދުނު ޖަލާލުއްދީން ސްކޫލުގައެވެ.
މިމުބާރާތުގައި އެންމެ މަތިން މާކުސް ލިބޭ 15 ވާހަކަ ކުޅުދުއްފުށީ އޮންލައިނުގައި އަންނަ ރަމަޟާންމަހުގެ ތެރޭގައި ޝާއިއުކުރާގޮތަށްވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތަކީ ދިވެހި ބަސް ކުރިއަރުވާ ވާހަކަ ލިޔުމުގެ ފަންނު ކުދިންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ޝާމިލް އބްރާހީމެވެ.