twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުޅުދުއްފުށިން މަހަށް ގޮސް އުޅުނު ބަޔަކަށް ފެނުނު “ވިހަ ގޭސްފުޅިއެއް” ސިފައިންނާ ހަވާލުކޮށްފި

Jul 31, 2013

ހދ ކުޅުދުއްފުށިން މަހަށް ގޮސް އުޅުނު ބަޔަކަށް ފެނުނު “ވިހަ ގޭސްފުޅިއެއް” ސިފައިންނާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަހަށް ގޮސް އުޅުނު ދޯންޏަކުން މިދިޔަ ހޯމަ ދުވަހު ކަނޑުމަތިން ނެގި އެ ގޭސް ފުޅީގައި ވިހަ މާއްދާއެއް އެކުލެވޭ ކަމަށް ބެލެވޭތީ އެ ގޭސް ފުޅި ސިފައިންގެ ނޮދަން އޭރިޔާގެ ޕޯސްޓާ ފުލުހުން ހަވާލުކޮށްފައިވާ ކަމަށެވެ.

މަހަށް ނުކުމެ އުޅުނު ދޯންޏަކަށް ނަގާފައިވާ އެ ގޭސްފުޅީގެ ދިގު މިނުގައި 57 އިންޗި ހުރި ކަމަށް ފުލުހުން ހާމަކުރެއެވެ.  އަދި އެގޭސް ފުޅި ފުލުހުންނަށް ފެނިފައި ވަނީ، ގޮތް ނޭނގޭ ގޭސްފުޅިއެއް ކުޅުދުއްފުށީ ވޯކްޝޮޕަކަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެ ވޯކްޝޮޕަށް ގޮސް އެ ގޭސް ފުޅި ޗެކްކޮށް ބެލުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ގޭސްފުޅީގެ ބޭރުގައި NH3 ޖަހާފައި އޮތުމުން އެއީ ވިހަ މާއްދާއެއް އެކުލެވޭ “އެމޯނިއާ ގޭސް” ކަމަށް ތުހުމަތުކުރެވިގެން  އެ މައުލޫމާތު އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ އަށް ދިނުމަށް ފަހު އެ ގޭސްފުޅި އިތުރަށް ތަޙްލީލް ކުރުމަށްޓަކައި އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ކުޅުދުއްފުށި ޕޯސްޓާ ވަނީ ހަވާލުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

http://www.policelife.mv/page/40651

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355