ކުޅުދުއްފުއްޓަކީ ރައީސް މައުމޫނަން ވަރަށް ހާއްސަ ރަށެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކެމްޕެއިން ޓީމާއެކު ރައީސް މައުމޫނު އުތުރުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި “ބޮޑުތިލަދުންމަތީގެ ކުރިއެރުން” ގެ ނަމުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން 30 އަހަރު ރާއްޖޭގައި ރައީސް ކަން ކުރެއްވި މައުމޫނު ވިދާޅުވީ ކުޅުދުއްފުއްޓަކީ ވަރަށް ހާއްސަ ރަށެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ގިނައިން ޒިޔާރަތް ކުރި ރަށަކީ ކުޅުދުއްފުށިީ ކަމަށެވެ.
“ކުޅުދުއްފުއްޓަކީ ވަރަށް ހާއްސަ ރަށެއް. އަޅުގަނޑު ރައީސް ކަމުގެ މަގާމުގައި ހުރި އިރު އަޅުގަނޑަށް ވަނީ ވަރަށް ގިނަ ފަހަރު މިރަށަށް (ކުޅުދުއްފުއްޓަށް) ޒިޔާރާތް ކުރުމުގެ ފުރުސަތު ލިބިފަ. އަދި ރާއްޖޭގެ ރަށްތަކަށް އަޅުގަނޑު ކުރި ޒިޔާރާތްތަކުގައި އެންމެ ގިނައިން އަޅުގަނޑަށް ޒިޔާރާތް ކުރެވުނު ރަށަކީ ހދ ކުޅުދުއްފުށި.” ރައީސް މަޢުމޫނު ވިދާޅުވި އެވެ.
ތިން އަހަރަށްފަހު ކުޅުދުއްފުއްޓަށް ވަޑައިގެން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމަށް ރޭ ބޭއްވި ޖަލްސާ ގައި މަޢުމޫނު ވިދާޅުވީ ކުޅުދުއްފުއްޓަކީ އެތައް ގޮތަކުން ބެލިނަމަވެސް ވަރަށް މުހިއްމު އާދަޔާ ހިލާފު ލާމަސީލް ރަށެއް ކަމަށާއި އެގޮތުން އާބާދީ ބޮޑުވުމާއި އާއި ތަނަވަސްކަމާއި ގިނަ ވަސީލަތްތަކެއް ލިބެން ހުރުމާއި އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއް ކަން ފާހަގަ ކުރައްވަމުން މައުމޫނު ވިދާޅުވީ ޝަހީދު ހުސެއިން އާދަމަކީ ވެސް ކުޅުދުއްފުށީ ދަރިއެއް ކަމުން އެއީ ވެސް އެމަނިކުފާނަން ކުޅުދުއްފުށި ހާއްސަވާ އެއްސަބަބު ކަމަށެވެ.
ރޭގެ ޖަލްސާ ގައި މަޢުމޫނު ވަނީ ޕީޕީއެމް އިން ވަކިވެގެން ދިޔަ ފަރާތަކަށް ބަހުގެ ހަމަލާ ތަކެއް ދެއްވާފަ އެވެ.