ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އުއްމުކުލްސޫމް އިބްރާހީމް ޕީޕީއެމްއަށް މިއަދު ސޮއި ކުރައްވައިފި އެވެ.
އުއްމުކުލްސޫމް ޕީޕީއެމް އަށް ސޮއި ކުރައްވާފައިވަނީ އެކަމަށްޓަކައި މިއަދު ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ޕީޕީއެމްގެ އަންހެނުންގެ ކޮމެޓީގެ ރައީސާ ދުންޔާ މައުމޫނާއި ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސް އާމިނަތު މަޖީދާވެސް ބައިވެރިވެ ވަޑައިގަތެވެ.
އުއްމު ޕީޕީއެމް އަށް ސޮއިކުރެއްވުމުގެ ކުރިންވެސް ޕީޕީއެމްގެ އެކި ހަރަކާތްތަކުންނާއި ޖަލްސާތަކުން ފެނިފައި ވެއެވެ.