twitterviber whatsapp telegramfacebookyoutube instagram
18th May 2024

އޯލެވެލްގައި 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 50 އިންސައްތައަށް ހެދުމަކީ އަމާޒެއް: އަފީފުއްދީން ސްކޫލް

Sep 15, 2013

އަފީފުއްދީން ސްކޫލުގައި މިއަހަރު އޯލެވެލް އިމްތިހާނު ހަދާ ކޮންމެ ދެ ކުއްޖަކުން އެއްކުއްޖަކީ 5 މާއްދާއިން ފާސްވެފައިވާ ކުއްޖަކަށް ހެދުމަކީ އެ ސްކޫލުގެ އަމާޒެއް ކަމަށް އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވެއްޖެ އެވެ.

މި އަހަރު މުޅިން އަލަށް އޯލެވެލް އިމްތިހާނުގައި އިށީނުމަށް ތައްޔާރުވަމުންދާ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އޯލެވެލްގައި 5 މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 50 އިންސައްތައަށް ހެދުމަކީ އެސްކޫލުގެ އަމާޒު ކަމަށާއި ފުރަތަމަ ފަހަރާ އަޅާބަލާއިރު މިއީ މަތީ އަދަދެއް ނަމަވެސް ކާމިޔާބު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އާދަމް މޫސާ ވިދާޅުވީ ބައެއް ދަރިވަރުންނަކީ ވަރަށް ކިޔަމަންތެރިކަމާއެކު ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާ ދަރިވަރުން ކަމަށާއި އެހެން ނަަމަވެސް އަނެއްބައި ދަރިވަރުން ކިޔެވުން ސީރިއަސް ކަމެއްގެ ގޮތުގައި ނަގަމުން ނުދާ ކަމަށެވެ. އަދި އެފަދަ ދަރިވަރުންނަށް މިއީ އިމްތިހާނުގެ ކުރިން ލިބޭނެ ފަހު ވަގުތު ކަމަށް ނުބަލާ މަސައްކަތް ކުރާ ކަމަށާއި ހިތްވަރާ އެކު މަސައްކަތް ކޮށްފިނަމަ އެފަދަ ކުދިންވެސް އެހެން ދަރިވަރުންނާ އެއްސަފުގައި ފައިހަމަ ކުރެވޭނެ ކަމަށެވެ.

ގްރޭޑް 10ގެ ހުރިހާ މާއްދާއެއްގެ މުދައްރިސުންވެސް ހަމަ ކަމަށާއި އެންމެ ފަހުގެ އެކްސްޓްރާ ގަޑިތަކާއި ސެޝަންތައް ނެގުމުގެ ކަންތައްތައް ވަކި އިންތިޒާމުތަކެއްގެ ދަށުން ކުރިއަށްދާނެ ކަމަށްވެސް އާދަމް މޫސާ ވިދާޅުވި އެވެ. އަދި އިމްތިހާނުގެ ކުރިން ދަރިވަރުންނަށް ދޭންޖެހޭ އިރުޝާދުތައްވެސް ފޯރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ.

އަފީފުއްދީން ސްކޫލުގެ 43 ދަރިވަރަކު މިއަހަރުގެ އޯލެވެލް އިމްތިހާނުގައި އިށީންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355