twitterviber whatsapp telegramfacebookyoutube instagram
8th July 2025

ކުޅުދުއްފުށީ ޕީޕީއެމް އަސުރުމާ ގޮފީގެ ރައީސް އެމްޑީޕީއާ ގުޅިވަޑައިގެންފި

Sep 22, 2013

ކުޅުދުއްފުށީ ޕީޕީއެމް އަސުރުމާ ގޮފީގެ ރައީސް މުހައްމަދު އަލީ (ބައްޑެ) ޕީޕީއެމް ދޫކުރައްވައިފި އެމްޑީޕީ އަށް މިރޭ ސޮއި ކޮށްފި އެވެ.

މުހައްމަދު އެމްޑީޕީ އަށް ސޮއި ކުރައްވާފައިވަނީ މިރޭ އެމްޑީޕީ އޮފީހުގައި އޮތް  ހަފްލާއެއްގަ އެވެ. މިހަފްލާގައި މުހައްމަދަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު އަބުދުލް ޤަފޫރު މޫސާ ބައިވެރިވެޑައިގަތެވެ. މުޙައްމަދު އަލީއަކީ މެމްބަރު އަލީ ވަހީދުގެ ޅިޔަނެކެވެ.

މުހައްމަދު އެމްޑީޕީ އާ ގުޅިވަޑައިގަތުމަކީ ކުޅުދުއްފުށީ އެމްޑީޕީ ރޫހަށް  ލިބުނު ހިތްވަރަކާއި ކާމިޔާބީއެއް ކަމަށާއި އެކަން އުފަލާއެކު ބަލައިގަންނަކަމަށް ކުޅުދުއްފުށީ އެމްޑީޕީ އުތުރު ދާއިރާގެ ނައިބު ރައީސް މުހައްމަދު އަލީ މިރޭ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ޕީޕީއެމް އަސުރުމާ ގޮފީގެ ރައީސް މުހައްމަދު އެމްޑީޕީ އަށް ސޮއި ކުރައްވަން އުޅޭ އަޑު ތަކެއް މިދިޔަ ރޯދަ މަހުވެސް ވަނީ ފެތުރިފައެވެ. ކުޅުދުއްފުށީގައި އޮތް ޕީޕީއެމް ރިޔާސީ ގޮފި ވެސް ވަނީ  އުމަރު ނަސީރު ޕީޕީއެމްއާ ވަކިކުރުމުން އުވިގެން ގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355