އަފީފުއްދީން ސްކޫލްގެ ގުރޭޑް ހަތަރެއް އަދި ފަހެއްގެ ކުދިންގެ ނެޓްބޯޅަ މުބާރާތް މިއަދު ފަށައިފި އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތް ފައްޓަވައި ދެއްވާފައިވަނީ އަފީފުއްދީން ސްކޫލްގެ ކުރީގެ ލީޑިން ޓީޗަރ ފާތިމަތު އަބޫބަކުރެވެ.
އަފީފުއްދީން ސްކޫލްގެ ގުރެޖުއޭޓް ލީޑިން ޓީޗަރ އަދި މި މުބާރާތުގެ ކޯޑިނޭޓަރ އާބިދާ އާދަމް ވިދާޅުވީ މި ނެޓްބޯޅަ މުބާރާތަކީ އެ ސްކޫލްގެ ގުރޭޑް ހަތަރެއް އަދި ފަހެއްގެ ކުދިންނަށް ހިންގުނު ނެޓްބޯޅަ ކޯޗިން ކޭމްޕު ނިންމުމުގެ ގޮތުން ކުޅުވޭ މުބާރާތެއް ކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންގޮސް ދިނުމުގައި އެންމެ އިސްކޮށް އުޅުއްވި ޖަލާލުއްދީން ސްކޫލްގެ ސްޕޯޓް ސްޕަވައިޒަރ މުހައްމަދު ހަސަންގެ ނަން ވަރަށް ބޮޑަށް ފާހަގަ ކުރައްވައި ކަމުގައި އާބިދާ ވިދާޅުވިއެވެ.
ތިން ހަފްތާއަށް ކުރިއަށް ގެންދެވުނު ކޯޗިން ކޭމްޕުގައި ބައިވެރިވި ހުރިޙާ ދަރިވަރުން ހަތަރު ޓީމަކަށް ބަހައިލައިގެން ކުޅެވޭ މި މުބާރާތުގައި މިއަދު ވެސް ވަނީ 2 މެޗެއް ކުޅެފައެވެ.
މިއަދު ކުޅެވުނު ދެ މެޗް ކާމިޔާބު ކޮށްފައިވަނީ އޯކިޑް އާއި ލިލީއެވެ. އޯކިޑުން މިއަދުގެ މެޗް ކާމިޔާބު ކޮށްފައިވަނީ ޓިއުލިޕް އާއި ބައްދަލުކޮށް 12 ޕޮއިންޓް 6 ޕޮއިންޓުންނެވެ. އަދި ލިލީއިން މިއަދުގެ މެޗް ހޯދައިފައިވަނީ ޑެއިޒީއަށް އެންމެ ޕޮއިންޓެއް ދިނުމަށް ފަހުގައެވެ. ލިލީއިން މި މެޗުގައި ވަނީ 11ޕޮޓް ކޮށްފައެވެ.
މި ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.