ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފި

ޝަމްލާ އިބްރާހިމް - 5 އަހަރު ކުރިން - 22 އޮކްޓޯބަރ 2013ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހުޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް މިއަދު ހުޅުވާލި ފުރުޞަތު މިއަދުގެ އިރުއޮއްސި ހަޔަކަށް ހަމަވާނެ ކަމަށެވެ.

އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު ނުވައަކުން އިރުއޮއްސި ހަޔަކަށެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފާ ވާއިރު އިންތިހާބަށް، އަމިއްލަ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް އިތުރަށް ރަޖިސްޓަރ ކުރަން ނުޖެހޭނެ ކަމަށް އިލެކްޝަނުން ހާމަކުރެއެވެ. އިލެކްޝަނުން ބަލަނީ އޮކްޓޯބަރ 19 ވަނަ ދުވަހު ބާއްވަން ނިންމި އިންތިހާބަށް ރަޖިސްޓްރީ ކޮށްފައިވާ ފޯމްތަކަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނޮވެމްބަރު 9 ގައި ބޭއްވުމަށްފަހު ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރު އޮންނާނީ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ.


ގުޅުން ހުރި ލިޔުންތައް  1. ޑޮކްޓަރު 5 އަހަރު ކުރިން
    ކަމުގެ ހަޤީޤަތް ކޮންމެވެސް ވަރަކަށް ސާފުކޮށްގެން ލިޔުން ރަގަޅުވާނެ. އިތުރަށް ރަޖިސްޓަރީ ކުރަން ނުޖެހެނީއެއްނޫން. ރަޖިސްޓަރީ ކުރަންޖެހޭ ވޯޓުލާދުވަހު އެމީހަކު ހުރިތަނަކުން ވޯޓުލެވޭ ގޮތައް............ ސިޔާސީވެގެން ގޮސް އެއްކޮޅަށް އަރިވެފައިވާ ކަމަށް ވަރަށްބޮޑަށްބެލެވޭ އަބަދުވެސް މިނޫހުން ... އެކަން މިއޮތީދޯ ފެންނަށް. ވޯޓުލާން އެހުރިމީހާއާއި، ކަންހިގާގޮތް ބަލަން އިންމީހާއެއް ފޮޓޯއެއްގައި ހުރި ފޮޓޯއެއް ޖަހާފައި މިހިރީ އިއްތިފާގަކުންނެއް ނޫން. ހަމަ މީނަ ރަށުއޮފީސް ކުރިމަތީގައި މީގެ ދެތިންރޭ ކުރިން ޖެހިސަކަރާތުގައިވެސްހުރި ފޮޓޯއެއް އެވެސް އިއްތިފާގެއްދޯ؟