އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަސް ހުށަހަޅާފައިވާ ބިލް އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އެ ގަރާރު ފާސްކުރުމަށް މިއަދު ވޯޓަށް އެހުމުން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 63 މެންބަރަކު ވޯޓުދެއްވިއެވެ.
އެ ގަރާރުގައި ވިދާޅުވެފައިވަނީ އިސްރާއީލް ޕާސްޕޯޓް ބޭނުންކުރުމަށް ހުށަހަޅާފައިވާ ބިލް މި އަަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފައިވީ ނަމަވެސް އެ ބިލާ ގުޅޭގޮތުނއ މިއަދާ ހަމައަށް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައި ނުވާ ކަމަށެވެ. އަދި އެ ބިލް މަޖިލީހުގެ ތެރޭގައި ހުއްޓިފައި އޮންނަތާ ހަތަރު މަސްވެފައިވާ ކަމަށެވެ.
މުޅި އިސްލާމީ އުއްމަތަށް އިސްރާއީލުން ޖައްސަމުންދާ ގިލަންވެރިކަމާއި އާފާތް ކުށްވެރިކޮށް އެކަމާއި ކަނޑައެޅިގެން ދެކޮޅުކަން ހާމަކޮށްދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ގޮތުގައި އިސްރާއީލް ޕާސްޕޯޓް މިހާރުން މިހާރަށް މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް އަވަހަށް ފާސްކުރުމަށް އެ ގަރާރުގައި ސަރުކާރަަށް ގޮވާލާފައިވެއެވެ.
މީކާއީލް މިގޮތަށް ހުށަހެޅިއިރު، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަންނަ ފެބްރުއަރީ އަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ފާސްކޮށްފައެވެ.