twitterviber whatsapp telegramfacebookyoutube instagram
8th November 2026

އަންނައަހަރު އެންމެ އިސްކަމެއްދޭނީ ނަމާދަށް ލޯބިޖެއްސުންމަށް: މިނިސްޓަރ ޝަހީމް

ނަބީލާ އިސްމާޢީލް
Nov 23, 2024

އިސްލާމމިކް މިނިސްޓްރީގެ ދީނީ ހޭލުންތެރިކުރުމުގެ ޕްލޭންގެ ދަށުން އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ނަމާދުކުރަން އަހުލުވެރިކުރުވުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ހުރިހާ ސަރަހައްދެއްގައިވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދުކުރަން އަހުލުވެރިކުރުވުމަށާއި، ނަމާދަށް ލޯބިޖެއްސުމަށްކަމަށެވެ.

ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖައްސާ، ދީނުގެ ގިއުގަނޑުގެ ތެރެއަށް ފެތޭ މުޖުތަމައެއް ބިނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެވެސް އެންމެ މުހިންމު އެއް ސިޔާސަތެވެ.

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ސްކޫލް ކުދިންނާއި ބެލެނިވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް ޕްރޮގްރާމަކީ، ގުރޭޑު 10 އަދި 12 ނިންމާ ދަރިވަރުންގެ ތެރެއިން ޚަޠީބުންނަށްވާން އެދޭ ކުދިންނަށް އެފުރުސަތު ފަހިކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެވެ.

މިފަދަ ހުރިހާ ޕްރޮގްރާމްތަކެއްގެ މައިގަނޑު މަޤްސަދަކީ ދިވެހީންގެ މެދުގައި ކީރިތި ޤުރުއާނަށާއި ދީނުގެ އެހެން ރުކުންތަކަށް އޮންނަ ލޯބި އިތުރުކޮށް އަހުލުވެރިކުރުވުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293