twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫއިން 2 ލައްކައަށް ވުރެ އަގުބޮޑު އިނާމުތަކާއެކު ޕްރޮމޯޝަނެއް ފަށައިފި

Mar 1, 2014

އުރީދޫއިން 2 ލައްކައަށް ވުރެ އަގުބޮޑު އިނާމުތަކާއެކު “ވިން ވިތް އުރީދޫ ޕޯސްޓްޕެއިޑް”ގެ ނަމުގައި އަލަށް ނަގާ ޕޯސްޓްޕެއިޑް ހިދުމަތަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

މި ގުރުއަތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނީ އުރީދޫ ޕޯސްޓްޕެއިޑް އަންލިމިޓެޑް ޕެކޭޖުތައް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށެވެ. 60 ށް ވުރެ ގިނަ އިނާމުތަކާ އެކު ހުޅުވާލި މި ޕްރޮމޯޝަންގައި ހޮންޑާ ވޭވް 125 ސައިކަލު، އައިޕެޑް އެއަރ ޓެބްލެޓް، ސޮނީ ބްރާވިއާ ޓީވީގެ އިތުރުން ގިފްޓް ވައުޗަރ ފަދަ އެތައް އަގުހުރި އިނާމުތަކެއް ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަންނަ މާޗުމަހުގެ ނިޔަލަށެވެ.

އުރީދޫ ޕޯސްޓްޕެއިޑް އަންލިމިޓެޑް ޕެކޭޖަކީ ރާއްޖޭގެ ފުރަތަމަ ހުރިހާ ހިދުމަތްތަކެއް ހިމެނޭ ޕެކޭޖެވެ. އެގޮތުން އުރީދޫގެ ނެޓުވޯކަކަށް ގުޅާލުމަށް އަންލިމިޓެޑް ކޯލު އަދި އެސްއެމްއެސް ލިބޭނެ އެވެ. އެހެން ނެޓުވޯކުތަކަށް ލޯކަލް ކޯލު ކުރެއްވުމަށް ހިލޭ މިނެޓު ލިބެން ހުރުމާއެކު 3.5ޖީބީގެ ޑޭޓާ އެލަވަންސް ވެސް ލިބޭނެކަމަށް އުރީދޫއިން މައުލޫމާތު ދެ އެވެ. ޑޭޓާ އެލަވަންސްގެ އިތުރުން ނެޓް ބޭނުންކުރައްވާނަމަ އެންމެ ހެޔޮ އަގާއި 55 ލާރިން ފެށިގެން އެންމެ ހެޔޮ އަގުގައި އުރީދޫ ޕޯސްޓްޕެއިޑް އަންލިމިޓެޑް ޕެކޭޖުން ގުޅާލެވޭނެ އެވެ. މީގެ އިތުރުން އައިޑީޑީގެ އެންމެ މަތީ ފަސް ގައުމަކަށް ގުޅާލުމަށް 20 އިންސައްތަ އަދި ހުރިހާ ގައުމަކަށް ގުޅާލުމަށް 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ އެވެ.

249ރ އިން ފެށިގެން އުރީދޫގެ ޕޯސްޓްޕެއިޑް ޕެކޭޖުތައް ލިބެން ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355