ދިރާގުގެ ޕްރިޕެއިޑް ރެޑް ބޭނުންކުރާ ކަސްޓަމަރުންނަށް ފޭސްބުކް އެޕްލިކޭޝަން ހިލޭ ބޭނުންކުރެވޭގޮތް ހަދައިފި އެވެ.
ދިރާގުގެ ރެޑް ބެނެފިޓްސްގެ ދަށުން ތައާރަފްކުރި މިހިދުމަތުން ފޭސްބުކްގެ ސްޓޭޓަސްތަކަށް ލައިކް ޖަހާ ކޮމެންޓްކޮށް އަދިވެސް އިތުރު އެކި ކަންތައްތައް ކުރެވޭނެ އެވެ.
ދިރާގުގެ ރެޑް ބެނެފިޓްސް ހޯދުމަށް “red” ޖެހުމަށްފަހު 343 އަށް އެސްއެމްއެސް އެއް ފޮނުވުމުން އެކްޓިވޭޓް ކުރެވޭނެ އެވެ،
ޕްރިޕެއިޑް ރެޑްގެ ކަސްޓަމަރުންނަށް 2.99ރ އަށް “ޑެއިލީ ރެޑް ބެނެފިޓްސް” އެކްޓިވޭޓް ކުރުމުން ތަފާތު ފައިދާތަކެއް ލިބިގެން ދެއެވެ. އެގޮތުން ދިރާގުގެ ކޮންމެ ނަންބަރަކަށް 1ލާރީގެ ރޭޓުން އެސްއެމްއެސް ކުރެވެ އެވެ. އަދި އިންޓަނެޓް ބޭނުންކުރާ ކޮންމެ އެމްބީ އަކަށް ނަގަނީ 30 ލާރި އެވެ. އަދި ދިރާގުގެ ނަންބަރަކަށް 49 ލާރިން މިނެޓަކު ގުޅާލެވޭނެ އެވެ. ޕްރިޕެއިޑް ރެޑް ކަސްޓަަމަރުންނަށް މިނެޓަކު އެންމެ 5 ލާރިއަށް ގުޅާލެވޭނެ އެވެ،
ޕްރިޕެއިޑް ރެޑް ސިމެއްގެ އަގަކީ 30 ރުފިޔާ އެވެ.
ދިރާގަކީ ފޭސްބުކާއި ޓްވިޓާރ ފަދަ ސޯޝަލް ވެބްސައިޓުތައް މުޅިން އަލަށް ހިލޭ ކުރި ދިވެހިރާއްޖޭގެ ނެޓުވޯކުވެސްމެ އެވެ. އެއީ ޖޫން 2013 ގައި ތައާރަފްކުރި ޕްރިޕެއިޑް ރެޑް މެދުވެރިކޮށެވެ.