twitterviber whatsapp telegramfacebookyoutube instagram
11th November 2026

ހޮނިހިރު ބާޒާރުގައި އަނބާއި ޖަނބުރޯލު ތިޔާގިވެފައި!

Apr 26, 2014

ހދ.ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި އަނބާއި ޖަނބުރޯލު ތިޔާގިވެއްޖެ އެވެ.

ހޮނިހިރު ބާޒާރުގައި އަނބާއި ޖަބުރޯލު ތިޔާގިވެފައި ވީނަމަވެސް އަގުތަކަށް މާބޮޑު ބަދަލު ތަކެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެ އެވެ. އެގޮތުން އަނބު ކިލޯއެއް 50 ރުފިޔާ އާއި 60 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރިއިރު ވަކި އަނބެއްގެ އަގު ހުރީ 5 ރުފިޔާއިން ފެށިގެން 20 ރުފިޔާއާ ދެމެދުގަ އެވެ.

ޖަނބުރޯލުގެ އަގުތަކަށް ބަލާލާއިރު ދިވެހި ޖަނބުރޯލެއްގެ އަގު ހުރީ ރުފިޔާއަކަށް ޖަނބުރޯލަކާއި 2 ޖަނބުރޯލުގެ މަގުންނެވެ. އަދި ރާއްޖޭގައި ހައްދާ ބޭރު މުޑުވަކުގެ ޖަނބުރޯލެއްގެ އަގު އުޅެނީ 4 ރުފިޔާ އާއި 6 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

ހޮނިހިރު ބާޒާރުގައި ކަރާ ކިލޯއެއް 10 ރުފިޔާ އާއި 15 ރުފިޔާއަށް ހުރިއިރު ފޮނިކަރާ ކިލޯއެއް ހުރީ 20 ރުފިޔާއަށެވެ. މިއަދުގެ ބާޒާރަށް ބަލާލާއިރު ތަފާތު ވައްތަރުގެ ތަރުކާރީ އާއި މޭވާ ގިނަކަން ފާހަގަ ކުރެވެ އެވެ.

[yass cats=67]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293