twitterviber whatsapp telegramfacebookyoutube instagram
13th March 2026

އައިލަންޑާސް ކަޕްގެ ޗެމްޕިއަންކަން ބ އޭދަފުށިން ހޯދައިފި

May 31, 2014

 

އައިލަންޑާސް ކަޕްގެ ޗެމްޕިއަންކަން ބ އޭދަފުށިން ހޯދައިފި އެވެ.

އިއްޔެ ހަވީރު މާފަންނު އެކުވެނި ދަނޑުގައި ކުޅުނު އައިލަންޑާސް ކަޕްގެ ފައިނަލް މެޗު އޭދަފުށިން ކާމިޔާބު ކުރީ 6-3 އިން ހދ. ނާވައިދޫ ބަލިކޮށްގެންނެވެ.

ޗެމްޕިއަން ޓީމަށް 50,000ރ އަދި ރަނަރއަޕް ޓީމަށް 10,000ރ ދިން މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީ ޓީމުގެ އިޝާން އިބްރާހީމް (ސައްޓު) އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީ ޓީމުގެ އަލީ ޒުބައިރު އެވެ. އޭނާ ވަނީ މިމުބާރާތުގައި ޖުމްލަ 20 ގޯލު ކާމިޔާބު ކޮށްފަ އެވެ.

ދިރާގު އަދި އެސް.ޓީ.އޯގެ އެހީތެރިކަމާއެކު ރައިސިން ސްޓާސް ފޯރ ވިލުފުށި ރިކްރިއޭޝަނުން މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ބޭއްވުނު މިމުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ޓްރޮފީ އަދި މެޑަލް ހަވާލު ކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް އެވެ.

މިމުބާރާތުގެ ދެވަނަ ބުރުން ކުޅުދުއްފުށީ ޓީމު ކެޓީ އޭދަފުއްޓާ ވާދަކޮށް 9-1 އިން ބަލިވެގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355