twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން އަލުވި، ފިޔާ އަދި ބިހުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

Jun 22, 2014

ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ފިހާރައިން ފިޔާ، އަލުވި އަދި ބިސް ހެޔޮ އަގުގައި ވިއްކަން ފަށައިފި އެވެ.

ކުރީގައި 225ރ ވިއްކަމުންދިޔަ އަލުވި އަދި ފިޔާ ބަސްތާއެއް މިހާރު ވިއްކަމުންދަނީ 62.50ރ އަށެވެ. އަދި 250ރ އަށް ވިއްކަމުންދިޔަ ބިސް ކޭހެއެއް މިއަދު ވަނީ 52.50ރ އަށް ވިއްކަން ފަށާފަ އެވެ.

އެސްޓީއޯގެ އޮފިޝަލަކު ބުނީ މާދަމާ 2 ވަނަ ޝިޕްމެންޓް މާލެ އަންނާނެ ކަމަށާއި އަދި ހަތަރު ދުވަހެއް ތެރޭގައި ކުޅުދުއްފުށްޓަށް އެ ޝިޕްމެންޓް އަންނާނެ ކަމުގަ އެވެ. އެހެންކަމުން އެ ޝިޕްމެންޓް ލިބުމުގެ ކުރިން ކުރީގެ ޝިޕްމެންޓް ހުސްކޮށްލުމަށްޓަކައި މި އަގަށް އަގުތައް ތިރި ކުރީކަމަށްވެސް އޭނާ ބުންޏެވެ.

އެސްޓީއޯއިން ބުނެފައިވަނީ މި އަހަރުގެ ރޯދަމަހު ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް އުފުލުނަ ނުދިނުމަށް ގިނަ އަދަދަކަށް އެ ބާވަތްތަށް އެތެރެކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355