twitterviber whatsapp telegramfacebookyoutube instagram
12th December 2019

ރެސިޕީ: ޕީސް ބްރެޑް ޓޯސްޓް

Jul 9, 2014

ބޭނުންވާ ތަކެތި:

2 ޖޯޑް ގްރީން ޕީސް

2 ފިޔާ (ހިމުންކޮށް ކޮށާފަ)

1 ޖޯޑު ކޯން ބީފް

ލޮނުކޮޅެއް

2 ހިކަނދިފަތް

1 ދަޅު ޓޮމާޓޯ ޕޭސްޓ

ބައިސައި ސަމުސާ މަސްޓަރޑް ކްރީމް

2 ރޯމިރުސް (ވަރަށް ހިމުންކޮށް ކޮށާފަ)

3 ބިސް ފެނުކައްކާފައި

1 ޕާން (ބޮޑު)

ބަޓަރު ކޮޅެއް (ޕާނުގައި ހޭކުމަށް)

ހަދާނެގޮތް

ތަވާ އުނދުން މައްޗަށް އުދާލާފައި ތެޔޮފޮދު އަޅާލުމަށް ފަހު ތެޔޮފޮދު ހޫނުވީމާ ފިޔާ، މިރުސް، ހިކަނދިފަތް، އެއްކޮށް އަޅާލާފައި ފިޔާކޮޅު ވަޅޯވީމަ ގްރީންޕީސްކޮޅާއި މަސްޓަޑް ކްރީމް، ޕޭސްޓް އަދި ކޯން ބީފް، އެއްކޮށްލުމަށްފަހު ރޯފިލުމުން ލޮނު ހުޔޮވަރުކޮށްފައި އުނދުން މަތިން ބާލާށެވެ. ދެން ޕާންޕޮތިތަކުގައި ތުނިކޮށް ބަޓަރު ހޭކުމަށްފަހު ބަޓަރުހޭކި ޕާންފޮތިތަކުގެ ދެބައިކުޅަ އެއްބަޔަށް މަސް އަޅާލުމަށްފަހު (ތައްޔާރު ކުރި ޕީސް) 2 ބިސްފޮތި ބާއްވާފައި އަނެއް ޕާންފޮތި މަސްއެޅި ޕާންފޮތި މަތީގައި ބޭއްވުމަށްފަހު ތަތްކޮށްފައި ސޭންޑް ވިޗް ޓޯސްޓަރުން ޓޯސްޓްކޮށްލާށެވެ.

ނޯޓް: ޖުވޭރިޔާ ވަޖުދީގެ ތަފާތު ކާނާ 6

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355