twitterviber whatsapp telegramfacebookyoutube instagram
18th August 2019

ރެސިޕީ: އޮރެންޖް ސްޕޮންޖް ޕުޑިންގ

Jul 14, 2014

ބޭނުންވާތަކެތި

4 މޭޒުމަތީ ސަމުސާ ބަޓަރު

4 މޭޒުމަތީ ސަމުސާ ކެސްޓަރ ޝުގަރ

2 ބިސް

ބައި ޖޯޑު ހިކިކިރު

2 މޭޒުމަތީ ސަމުސާ އޮރެންޖް ޖޫސް

2 މޭޒުމަތީ ސަމުސާ އޮރެންޖް ޒެސްޓް

1 ޖޯޑު ސެލްފްރައިޒިންގ ފްލަރ

2 މޭޒުމަތީ ސަމުސާ އޮރެންޖް ސޯސް

އޮރެންޖް ސޯސްއަށް ބޭނުންވާ ބާވަތްތައް

4 މޭޒުމަތީ ސަމުސާ ކެސްޓަރ ޝުގަރ ނުވަތަ މުގުރި ހަކުރު

2 މޭޒުމަތީ ސަމުސާ ކޯންފްލަރް

ބައި ޖޯޑު އޮރެންޖް ޖޫސް

ބައި ޖޯޑު ފެން

4 މޭޒުމަތީ ސަމުސާ ބަޓަރު

2 މޭޒުމަތީ ސަމުސާ އޮރެންޖް ޒެސްޓް

4 މޭޒުމަތީ ސަމުސާ ލުނބޯޖޫސް

ހަދާނެގޮތް

ބަޓަރާއި ހަކުރު އެއްކޮށް އޮމާންވަންދެން ގިރާލާށެވެ. ދެން ބިސްވަކިން ގިރާލާފައި އެއްކޮށްލުމަށްފަހު ފުށް މަޑުމަޑުން އަޅަމުން އެއްކޮށްލާށެވެ. ހިކިކިރާއި އޮރެންޖް ޖޫހާއި ޒެސްޓް އަދި ސޯސް އެއްކޮށް ގިރާފާ މިކްސް ކޮށްލާށެވެ. އެއަށްފަހު ކޭކްފިހާ ޓްރޭގައި ބަޓަރުކޮޅެއް ހަކާލުމަށްފަހު ގިރާފައިހުރި ފުށް ޓުރޭއަށް އަޅާފައި މައިކުރޯވޭވް އަވަންގައި ފިހެލާށެވެ. އާދައިގެ އަވަނުންވެސް ފިހެވޭނެ އެވެ.

ސޯސްއަށް ބޭނުންވާ ބާވަތްތަކުގެ ތެރެއިން ހަކުރާއި ފެން އަދި ފުށްކޮޅު އެއްކޮށް މަޑުގިނީގައި އޮލަވަންދެން ކައްކާފައި ބާކީތަކެތި އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާފައި ޕުޑިންގ މައްޗަށް އަޅާފައި ސާވްކުރާށެވެ.

ނޯޓް: ޖުވޭރިޔާ ވަޖުދީގެ ތަފާތު ކާނާ 6

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355