twitterviber whatsapp telegramfacebookyoutube instagram
21st September 2026

އުރީދޫއިން އެޕަލް އައިފޯނު 5 އެސްއަށް ހާއްސަ ޑޭޓާ ޕްލޭނެއް

Jul 26, 2014

އުރީދޫ މޯލްޑިވްސްއިން ދުނިޔޭގެ އެންމެ ޒަމާނީ ސްމާޓް ފޯނު، އެޕަލް އައިފޯނު 5 އެސް ފޯނުތަކަށް ހާއްސަ ޑޭޓާ ޕްލޭނެއް ތައާރަފުކޮށްފި އެވެ.

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ފުރިހަމަ ތްރީޖީ ޕްލަސް ނެޓްވޯކް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.

މި ނޫސް ބަޔާނުގައިވާ ގޮތުން އައިފޯނު އޮތަރައިޒްޑް ރީސެލަރ ކަމަށްވާ ފޯކަސް ކޮމްޕިއުޓާސް މެދުވެރިކޮށް ބައްލަވައިގަންނަވާ އައިފޯނު 5 އެސްއާއެކު މިހާރު އުރީދޫގެ ހާއްސަ ކަނެކްޝަނެއް 6ޖީބީ ޑޭޓާ އެލަވަންސާއެކު ލިބޭނެ ކަމަށެވެ.

“އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފުރިހަމަކަމާއި އެކީ ގެނެސްދޭން. އެގޮތުން އެޕަލް އާއި ގުޅިގެން އެންމެ ޒަމާނީ ސްމާޓް ފޯނު އެންމެ ފުރިހަމަ ނެޓްވޯކްގައި ބޭނުންކުރެވޭނެ” އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އީޖާދުކުރުމުގައި އެންމެ އުހުގައި ގުނާލެވޭ އެޕަލް ކުންފުނި ރާއްޖޭގެ ނެޓްވޯކަކާ ގުޅުނު ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293