twitterviber whatsapp telegramfacebookyoutube instagram
19th March 2026

ދިރާގުގެ އެކްސްކުލޫސިވް ޕާރޓްނަރެއްގެ ގޮތުގައި “އެލް މޮބައިލް 2” ހުޅުވައިފި

Jul 25, 2014

ދިރާގުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިރާގުގެ އެކްސްކޮލޫސިވް ޕާރޓްނަރ ފިހާރައެއްގެ ގޮތުގައި “އެލް މޮބައިލް 2” ހުޅުވައިފި އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވީ އަލަށް މި ހުޅުވުނު ފިހާރައިންވެސް ޕޯސްޓްޕެއިޑާއި ޕްރިޕެއިޑް އަދި މޯބައިލް ބްރޯޑް ބޭންޑްގެ އައު ކަނެކްޝަނުގެ ހިދުމަތާއި ޓަޗްނެޓް ފަދަ ގިނަ ހިދުމަތަކެއް ލިބިގެން ދާނެ ކަމަށެވެ.

އިއްޒުއްދީން ހިނގުމުގައި މ. ޓެސްކޯގައި ހުންނަ މި ފިހާރައަކީ ދިރާގުން މާލޭ ސިޓީގައި ހުޅުވި ފަސްވަނަ އެކްސްކުލޫސިވް ޕާރޓްނަރ ފިހާރަ އެވެ.

މި ފިހާރައިން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 9 ން ހަވީރު 6 ށް އަދި ރޭގަނޑު 8 ން 11 ށް ދިރާގުގެ ހިދުމަތްތައް ލިބެން ހުންނާނެއިރު ހުކުރު ދުވަހުގެ މެންދުރުފަހު 2 ން ހަވީރު 4 ށް އަދި ރޭގަނޑު 8 ން 11 ށް ވެސް ހިދުމަތްތައް ލިބެން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355