twitterviber whatsapp telegramfacebookyoutube instagram
26th April 2024

ލިޓަސް އޮޓޯމޯބައިލްސް: ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް

Sep 4, 2014

ޒުވާނުންގެ މެދުގައި މަގުބޫލު ސައިކަލުގެ ގިނަ ވައްތަރުތަކެއް ވަރަށް ފަހުން ވިއްކަން ފެށި ލިޓަސް އޮޓޯމޯބައިލްސް އިން އަންނަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިޓަސް ވަނީ ގިނަބަޔަކު ދަންނަ މަޝްހޫރު ނަމަކަށް ވެފައެވެ.

ރާއްޖޭގެ ސައިކަލު ވިއްކާ އެހެން ފަރާތްތަކާ ތަފާތު ގިނަ ސްކީމްތަކާއެކު ލިޓަސް އިން އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރަންފެށި އިރު ކަސްޓަމަރުންނަށް ވަނީ ގިނަ އޮޕްޝަންތަކެއް ހުޅުވާލައިފަ އެވެ. އެގޮތުން 12 މަހަށާއި 18 މަހަށް އަދި 24 މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ޕްލޭންތައް ވަނީ ހަދާފަ އެވެ. އަދި އެއްވެސް އިތުރު ޗާޖަކާ ނުލާ ކުރު މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭ ޕްލޭނެއް ވެސް ލިޓަސް އިން ވަނީ ތައާރަފް ކޮށްފަ އެވެ. ލިޓަސްގެ އިންސްޓޯލްމަންޓް ސްކީމްތަކުގެ ތެރެއިން 4 މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ސައިކަލު ދޫކުރާ ސްކީމަކީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު ސްކީމެއް ކަމަށް ލިޓަސް އިން ބުނެވެ.

“ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލުވެފައިވަނީ ކޭޝް ޕްރައިސް ޕްލޭނެއްގެ ދަށުން ދޫކުރާ ސައިކަލް. މިފްލޭނަކީ 4 މަހަށް ބަހާލައިގެން ފައިސާ ދައްކަންޖެހޭ ސްކީމެއް. އެ ސްކީމުގައި އިތުރު އެއްވެސް ޗާޖެއް ނުނަގާނެ.” ލިޓަސް އޮޓޯމޯބައިލްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބާރިކް ވިދާޅުވި އެވެ.

“ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަވަމުން މުބާރިކް ވިދާޅުވީ ލިޓަސްއިން ވިއްކާ ސައިކަލު އިންސްޓޯލްމެންޓް އުސޫލުން ނެގުމުގައި ބަލަނީ ކަސްޓަމަރުންނަށް ވީހާވެސް އަވަހަށް ފަސޭހައިން ހިދުމަތް ލިބިގެންދާނެ ގޮތަކަށެވެ. އެގޮތުން ސައިކަލު ނަގާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ކަސްޓަމަރަށް ސައިކަލު ލިބޭނެކަމަށް މުބާރިކް ވިދާޅުވި އެވެ.

ހޮންޑާ އަދި ޔަމަހާ ބްރޭންޑް ސައިކަލު ވިއްކާ ލިޓަސްއިން ދަނީ އެތަނުން ސައިކަލު ގަންނަ ކަސްޓަމަރުންނަށް ހާއްސަ އަހަރީ ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ. އެ ޕްރޮމޯޝަންގައި ގުރުއަތުން ދިމާވާ ފަރާތަކަށް ހިލޭ ސައިކަލެއް ލިބެ އެވެ.

މުބާރިކު ވިދާޅުވީ ލިޓަސްގެ އަމާޒަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ފަސޭހަ އަދި އަވަހަށް ހިދުމަތް ދިނުން ކަމަށާއި އާބާދީ ބޮޑެތި ރަށްތަކުގައި ލިޓަސްގެ ފިހާރަތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިހާރު އައްޑޫ ސިޓީ ފޭދޫގައި ލިޓަސްގެ ފިހާރައެއް ހުންނާނެ ކަމަށާއި މިއަހަރު ފުވައްމުލަކުގައި ފިހާރައެއް ހުޅުވަން ހަމަޖެހިފައިވާއިރު އުތުރުން އެންމެ އަވަހަކަށް ލިޓަސްގެ ފިހާރައެއް ހުޅުވޭނީ ކުޅުދުއްފުށީގައި ކަމަށް މުބާރިކް ހާމަކުރި އެވެ.

އޭނާ ވިދާޅުވީ ލިޓަސްއިން ދޫކުރާ ސައިކަލުތަކަށް އެއް އަހަރުގެ ވޮރަންޓީއެއް ލިބޭނެ ކަމަށެވެ.

ލިޓަސް އޮޓޯމޯބައިލްގެ ޝޯރޫމް ޖަނަވަރީ މަގުގައި ހުންނައިރު، ވަރަށް އަވަހަށް ސަރވިސް ސެންޓަރެއްވެސް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ލިޓަސް އިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355